ads
އާޒިމާ-- ފޮޓޯ: އަވަސް
އާޒިމާއަށް ކުރާ ދައުވާތައް ކުރިއަށް ގެންދިޔުމާ މެދު އަންނަ މަހު ގޮތެއް ނިންމަނީ
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ކުރިއަށް ގެންދިޔުމާ މެދު ނޮވެމްބަރު މަހު ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ.

އާޒިމާގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ވާހަކަ ދައްކާ ނިންމާފަ އެވެ. ގާޒީ ހަސަން ސައީދު ވިދާޅުވީ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމާ، ދައުވާތައް ކުރިއަށް ގެންދިޔުމާ މެދު ގޮތެއް ނިންމާނީ ނޮވެމްބަރު 9 ގައި ކަމަށެވެ.

އާޒިމާގެ ވަކީލުން މިއަދު ވިދާޅުވީ ދައުވާ އުފުލާފައި ވަނީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމުގެ ބައިވެރިވުން އޮވެގެން ކަމަށް ވާއިރު، މިއީ ބިޝާމްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށެވެ.

މަސްލަހަތު އޮތް މައްސަލައެއް ބިޝާމްގެ ބައިވެރިވުމާއެކު އާޒިމާއާ ދެކޮޅަށް އުފުލާފައިވާ ދައުވާއަކީ ބާތިލް ދައުވާއެއް ކަމަށް ވެސް ވަކީލުން ފާހަގަކުރި އެވެ.

ނަމަވެސް ދައުލަތުން ބުނީ މިއީ ބިޝާމްގެ މަސްލަހަތު އޮތް މައްސަލައެއް ނޫން ކަމަށާއި ޕީޖީ ކަމަށް ހުސެން ޝަމީމް އައްޔަނު ކުރެއްވި ފަހުން އެ މައްސަލަ ރިވިއުކޮށްފައިވާ ކަމަށެވެ.

އާޒިމާއާ ދެކޮޅަށް ދައުވާ އުފުލާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެކައުންޓަކަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެންނެވެ. 

އެ މައްސަލާގައި ޔާމީން މިހާރު ހުންނެވީ ފަސް އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެ ހުކުމްގެ އިސްތިއުނާފް ޝަރީއަތް މިހާރު އޮތީ ހައި ކޯޓުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް