ads
ސްޕެއިން--
މެޑްރިޑްގެ ކުއްލި ހާލަތު އުވާލަނީ!
ސްޕެއިން އިން އެ ގައުމުގެ ވެރިރަށް މެޑްރިޑްގައި އިއުލާންކޮށްފައިވާ ކުއްލި ހާލަތު އުވާލަން ނިންމައިފިއެވެ.

ސްޕެއިން ސަރުކާރުގެ ހެލްތް މިނިސްޓަރު ސެލްވެޑޯ އިލާ ވިދާޅުވީ ސަރުކާރުން މެޑްރިޑް ސަރަހައްދުގެ ކުއްލި ހާލަތު ހޮނިހިރު ދުވަހުން ފެށިގެން އުވާލާނެ ކަމަށާއި، ނަމަވެސް ކޮވިޑް-19 ހަލުވިކޮށް ފެތުރޭ ސަރަހައްދުތަކުގައި ކާފިއު ހިންގާނެ ކަމަށެވެ.

އޭގެ އިތުރުން ހެލްތް މިނިސްޓަރު އިތުރަށް ވިދާޅުވީ ފާއިތުވެގެން ދިޔަ ހަފްތާތަކުގައި މެޑްރިޑް ސަރަހައްދުގައި ފިޔަވަޅުތައް އަޅާފައިވުމުގެ ސަބަބުން ކޮމިއުނިޓީ ޓްރާންސްމިޝަން އަކަށް ނުދެވި، ހިފަހައްޓާލެވިފައިވާ ކަމަށެވެ. ނަމަވެސް މެޑްރިޑް ސަރަހައްދުން އަދިވެސް ކޭސްތައް އިތުރުކަމަށާއި، އެގޮތުން ފާއިތުވި ދެ ހަފްތާގައި 29،000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާ ކަމަށް ހެލްތް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިހާތަނަށް ސްޕެއިން އިން 974،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު އެ ގައުމުން މިހާތަނަށް 33،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް