ads
ޖެފް ބްރިޖަޒް--
ޖެފް ބްރިޖަޒް އަށް ކެންސަރު ޖެހިއްޖެ
މަޝްހޫރު އެކްޓަރު ޖެފް ބްރިޖަޒް އަށް ކެންސަރުގެ ބާވަތެއް ކަމަށްވާ ލިމްފޯމާ ޖެހިފައިވާ ކަން ޓްވިޓާ މެދުވެރިކޮށް އިއުލާނުކޮށްފި އެވެ.

އޭނާ ބުނީ މިއީ ސީރިއަސް ބައްޔެއް ނަމަވެސް، ރަނގަޅު ޑޮކްޓަރުންގެ ޓީމަކާއެކު ފަރުވާ ކުރަމުން ދާތީ އުއްމީދު ބޮޑު ކަމަށެވެ.

ލިމްފޯމާއަކީ ހަށިގަނޑުގެ ލިމްފް ނިޒާމު ނުވަތަ އިންފެކްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ވައިޓް ބްލަޑް ސެލް އުފައްދާ ޓިޝޫ އަދި ގުނަވަންތަކަށް އަސަރު ކުރާ ކެންސަރެކެވެ.

ޖެފް ވަނީ 60 އަހަރަށް ވުރެ ގިނަ ދުވަހު ހޮލީވުޑުގައި މަސައްކަތްކޮށް، 70 އަށް ވުރެ ފިލްމުގައި އޭނާގެ އެކްޓިން ދައްކާލާފަ އެވެ.

އޭގެ ތެރޭގައި "ޓްރޫ ގްރިޓް"، "ސީބިސްކިޓް"، "ދަ ބިގް ލެބޯސްކީ" އަދި "ކިންގް ކޮންގް" ހިމެނެ އެވެ. 2019 ވަނަ އަހަރުގެ ގޯލްޑަން ގްލޯބްސްގައި ޖެފް އަށް ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް