ads
މިނިސްޓަރު އިމްރާން އަބްދުﷲ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރިލްވާން މައްސަލައިގެ ހެކީގެ ކަރުދާސްތައް ކުރީ ސަރުކާރުން ވަނީ ގެންގޮސްފައި: އިމްރާން
ނޫސްވެރިއާ ރިލްވާން އަބްދުﷲގެ މައްސަލައާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގުޅޭ ލިޔެކިޔުންތައް ކުރީ ސަރުކާރުން ގެންގޮސްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އިމްރާން ހާޒިރުވެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައިވާ އިރު، ނައިފަރު ދާްއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ދެހާސް ފަނަރަ ވަނަ އަހަރު ކުރިއަށް ގެންދިޔަ މޭޑޭ މުޒާހަރާގައި، ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ މައްސަލައާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގުޅޭ ލިޔެކިޔުންތަކެއް އިމްރާން ދެއްކެވި މައްސަލައިގައި ސުވާލުކޮށްފަ އެވެ. 

ޝިޔާމް ވަނީ އެ ލިޔެކިޔުންތައް މިހާރު ކޮބައިތޯ މިނިސްޓަރު އިމްރާން ކުރެއް ސުވާލުކޮށްފަ އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އެ ލިޔެކިޔުންތައް ފުލުހުން އޭރު އެމަނިކުފާނު ހައްޔަރު ކުރުމަށްފަހު އަތުލާފައިވާ ކަމަށެވެ. 

"ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު ބަންދުކުރި، އަދި ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު އަތުގައި ހުރި ކަރުދާސްތައް ވަނީ ގެންގޮސްފައި." ޝިޔާމްގެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ ލިޔެކިޔުން ގެންދިޔަ ފުލުހަކު ހޯދުމަށް އަނެއްވާވެސް ޖެހޭނީ ތަހުގީގެއް ފަށަންކަމަށެވެ. އެހެންނަމަވެސް އެތަހުގީގާއި ހަމައަށް ދިއުމަށްވުރެއް ގިނަ ތަހުގީގުތައް ކުރަން އެބަހުރިކަމަށް ވިދާޅުވި އެވެ. 

މޭޑޭގެ މުޒާހަރާގައި އިމްރާން ހައްޔަރުކުރުމަށްފަހު ޓެރަރިޒަމްގެ ދައުވާ އުފުލާ 12 އަހަރަށް ޖަލަށް ލުމަށް އޭރު ހުކުމް ކުރި އެވެ.  

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް