ads
މާފުށީ ޖަލު--
ޖަލުތަކުގެ ކެޕޭސިޓީއަށް ވުރެ 30 ޕަސަންޓު އިތުރަށް ގައިދީން އެބަ ތިބި: މިނިސްޓަރު އިމްރާން
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގެ ހުރި ޖަލުތަކުގެ ކެޕޭސިޓީއަށް ވުރެ 30 ޕަސަންޓު އިތުރަށް ޖަލުތަކުގައި ގައިދީން އެބަ ތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް އިމްރާން ވަނީ ހާޒިރުވެ ވަޑައިގެން، މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

އެގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ޖަލުތަކުގެ ކެޕޭސިޓީއަށް ވުރެ 30 ޕަސަންޓު އިތުރަށް ގައިދީން އެބަ ތިބި ކަމަށެވެ.

އެގޮތުން ޖަލުތަކުގެ ކެޕޭސިޓީއަކީ 1،365 ކަމަށް ވާއިރު، 1،700 އަށް ވުރެ ގިނަ ގައިދީން ބަންދުކޮށްފައި އެބަ ތިބި ކަމަށް އިމްރާން ފާހަގަކުރެއްވި އެވެ.

"މިހާރު ހިނގާ މައްސަލަތަކުގެ ގާތްގަނޑަކަށް 10 ޕަސަންޓު ހުކުމް ކުރެވުނު ކަމުގައި ވީ ނަމަވެސް، 400 އެއްހާ ގައިދީން އިތުރަށް މި ޖަލަށް އަންނަނީ،" އިމްރާން ވިދާޅުވި އެވެ.

ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ "ނަން ކަސްޓޯޑިއަލް މެޝާޒް" ނުވަތަ ޖަލުގައި ވަގުތު ހޭދަ ކުރުން ނޫން ހުކުމްތައް ހިންގޭނެ ކަމަށް އިމްރާން ފާހަގަކުރެއްވި އެވެ.

އެކަމަށް ބޭނުންވާ ގައިޑްލައިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ޕެރޯލްގެ ދަށުން ގައިދީންނަކީ މުޖުތަމައަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ނެރުމަށް ކުންފުނިތަކުން ފުރުސަތު ދިނުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެގޮތުން ސްޓެލްކޯ އާއެކު އެއްބަސްވުމެއް ވެފައިވާ ކަމަށާއި އެމްޓީސީސީ އާއެކު އެއްބަސްވުމަކަށް އައުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވި އެވެ. 

ޖަލުތަކުގެ ކެޕޭސިޓީއަށް ވުރެ އިތުރަށް ގައިދީން ބަހައްޓަން ޖެހޭ މައްސަލައިގެ ސަބަބުން ގައިދީންގެ އިންސާނީ ހައްގުތަކަށް ވަރަށް ބޮޑަށް އަސަރު ކުރެ އެވެ.

ޖަލުތަކުގެ ހާލަތު ބެލުމަށް އުފެއްދި ކޮމިޝަނުގެ ރިޕޯޓުގައި ވެސް ވަނީ މިކަން ފާހަގަކޮށް، ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުށަހަޅާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް