ads
އަފްގާނިސްތާންގެ ގިނަ ބަޔަކު ވިސާ ހޯދުމަށް އެއްވެފައި--
ވިސާ ހޯދަން އެއްވެ އުޅުމުގެ ތެރޭގައި ފިތިގެން 15 މީހަކު މަރުވެއްޖެ!
އަފްގާނިސްތާނުގައި ހުންނަ ޕާކިސްތާން ކޮންސިއުލޭޓް ކައިރިއަށް އެއްވި މީހުންގެ ތެރެއިން ބަޔަކު މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ އިރުމަތީ އަފްގާނިސްތާނުގެ ޖަލާލްއާބާދު ސަރަހައްދުގައި ހުރި ސްޓޭޑިއަމްއަކަށް އެ ގައުމުގެ އެއްހާހަށް ވުރެ ގިނަ ރައްޔިތުން ވިސާ ހޯދުމަށް ޖަމާވެފައި ވަނިކޮށެވެ. 

އެގޮތުން ސްޓޭޑިއަމް އިން ނުކުންނަން އުޅުމުގެ ތެރޭގައި ފިތިގެން ފަނަރަ މީހަކު މަރުވެ، ގިނަ މީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފަ އެވެ. މަރުވި މީހުންގެ ތެރޭގައި އެގާރަ އަންހެނުން ހިމެނެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ހަތް މަސްދުވަހަށް ވިސާ ދޫކުރުން މެދުކަނޑާލުމަށް ފަހު، ޕާކިސްތާންގެ ކޮންސިއުލޭޓްއިން ވަނީ މިދިޔަ ހަފްތާއިން ފެށިގެން ވިސާ ދޫކުރަން ފަށާފަ އެވެ. މިއަދު ހެނދުނުން ފެށިގެން އަފްގާނިސްތާނުގެ ގިނަ އާންމުން ވަނީ ވިސާ ހޯދުމަށް ކިޔޫ ހަދާފަ އެވެ.

މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ޕާކިސްތާނުން އަފްގާނިސްތާނަށް ކަނޑައަޅައިފައިވާ ސަފީރު މަންސޫރު އަހްމަދު ހާން ވަނީ ތައުޒިޔާ ދަންނަވާފަ އެވެ. 

އަދި ޕާކިސްތާނުގެ ސަރުކާރާއި އަފްގާނިސްތާނުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ވިސާ އަށް ހުށަހެޅޭނެ ލުއި ގޮތެއް ހަމަޖައްސާނެ ކަމަށް ހާން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް