ads
ވެލާނާގެ-- ފޮޓޯ: ސީއެންއެމް
މުވައްޒަފަކު ސަސްޕެންޑު ކުރާތާ 24 ގަޑިއިރު ތެރޭ އަންގަން އެދިއްޖެ
މުވައްޒަފަކު އޮފީހަށް ނިކުތުން މަނާ ކުރާތާ 24 ގަޑިއިރުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އެކަން އެންގުމަށް އެދިއްޖެ އެވެ.

ސީއެސްސީއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ސިވިލް ސާވިސް ގަވާއިދުގެ 258 ވަނަ މާއްދާގެ (ނ) ގައިވާ ހާލަތްތަކުގައި މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރިކަން 24 ގަޑިއިރުގެ ތެރޭގައި ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.

އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ އޮފީހަށް ނިކުތުން މަނާ ކުރެވޭނީ މައްސަލައެއް ބަލަމުން ދާއިރު ހެކި ނައްތާލަން މަސައްކަތް ކުރުމާއި އެހެން މުވައްޒަފުންނަށް ނުވަތަ ހިދުމަތް ހޯދަން އަންނަ މީހުންނަށް ސީދާ ގެއްލުން ކުރިމަތިވެދާނެ ފަދަ ހާލަތްތަކުގައި ކަމަށެެވެ. 

އޭގެ އިތުރުން ރައްކާތެރިކަން ދީފައިވާ މީހުން ކަންކަމާ ހަވާލުވެ ހުރި މުވައްޒަފަކު އެތަނުން މީހެއްގެ ރައްކާތެރިކަމަށް އަރައިގެންފާނެ ކަމަށް ބެލެވޭ، އެފަދަ ގޮތަކަށް މަސައްކަތް ކުރުން ނުވަތަ އެފަދަ ކަމެއް ކުރި ކަމަށް ތުހުމަތު ކުރެވޭ ހާލަތުގައި ވެސް އޮފީހަށް ނިކުތުން މަނާ ކުރެވޭނެ އެވެ. 

އެ މާއްދާގެ ދަށުން އޮފީހަށް ނިކުތުން މަނާ ކުރާ މުވައްޒަފުންގެ މައުލޫމާތު 24 ގަޑިއިރު ތެރޭ ސީއެސްސީއަށް އަންގަން ޖެހުނު ނަމަވެސް އެގޮތަށް އަމަލު ނުކުރާ ކަމަށް މިއަދު ނެރުނު ސާކިއުލާގައި ވެއެވެ. އެކަމުގައި އިހުމާލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް