ads
ސްޓެލްކޯ މައި އޮފީސް--- ފޮޓޯ: ސީއެންއެމް
މުޅި މާލެ ކަރަންޓާނުލާ 3 ގަޑިއިރު!
ވެރިރަށް މާލެސިޓީގައި ދެމުންދިޔަ ކަރަންޓްގެ ހިދުމަތަށް ބުރުއަރާ ތިން ގަޑިއިރަށް މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ އެވެ.

މާލެސިޓީއިން ކަރަންޓު ކެނޑިފައިވަނީ ހެނދުނު 08:30 ހާއިރުއެވެ. އޭގެ ފަހުން ބައެއް ސަރަހައްދުތަކަށް ކަރަންޓު އަލުން ލިބުމަށްފަހު އަނެއްނާވެސް ވަނީ ކެނޑިފަ އެވެ. 

މިކަމާއި ގުޅޭގޮތުން ސްޓެލްކޯއިން ބުނެފައިވަނީ، ދިމާާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މާލޭގެ %80 އަށް ކަރަންޓު ދެވިފައިވަނިކޮށް ޑިސްޓިރިބިއުޝަން ނެޓްވޯކަށް މައްސަލައެއްދިމާވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޅި މާލެއިން އަނެއްކާވެސް ކަރަންޓު ކެނޑިފައިވާކަމަށެވެ. 

ސްޓެލްކޯއިން ބުނެފައިވަނީ މައްސަލަ ހައްލުކޮށް މިހާރު އަލުން ކަރަންޓު ދެމުންގެންދާކަމަށެވެ. އަދި މުޅި މާލެއަށް ކަރަންޓް ދެވޭނެކަމަށް ލަފާ ކުރެވެނީ ގަޑިއެއްހާާއިރު ތެރޭކަމަށްވެސް މައުލޫމާތުދީފައިވެ އެވެ. 

ގިނަވަގުތުތަކަށް މާލެއިން ކަރަންޓް ކެނޑިފައި ހުރުމުގެ ސަބަބުން އާންމުންގެ ހިތްހަމަނުޖެހުން އަންނަނީ ސޯޝަލްމީޑިއާގައި ހިއްސާކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް