ads
އާ ސީޒަންގެ ފުރަތަމަ އެލްކްލެސިކޯ އޮންނާނީ މިރޭ
އެލްކްލެސިކޯ: މެސީގެ އެންމެ ފަހު ހޯމް އެލްކްލެސިކޯއަށް ވެދާނެ
ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ބާސެލޯނާ އާ ރިއަލް މެޑްރިޑް ބައްދަލުކުރާ ފުރަތަމަ އެލް ކްލެސިކޯ މެޗު މިރޭ އޮންނާނެއެވެ. މެޗު ފެށޭނީ ރާއްޖޭ ގަޑިން ރޭގަނޑު ހަތެއް ޖަހާއިރުއެވެ.

ބާސެލޯނާގެ ހޯމްގައި ކުޅޭ އެލް ކްލެސިކޯ މެޗަށް މިރޭ ބާސެލޯނާއާ ރިއާލް މެޑްރިޑް ނުކުންނައިރު، މި ދެ ޓީމުވެސްވަނީ ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ބަލިވެފައެވެ. ރެއާލް ބަލިވީ ހޯމްގައި ކަޑިޒް އަތުން 1-0 އިންނެވެ. ބާސެލޯނާ ބަލިވީ އަވޭގައި ހަމަ އެ ނަތީޖާއިން ގެޓަފޭ އަތުންނެވެ.

މިރޭގެ އެލްކްލެސިކޯ މެޗަކީ ފަހަރުގައި ބާސެލޯނާގެ ދަނޑު ކޭމްޕް ނޯގައި، އެ ޓީމުގެ ފޯވާޑް މެސީ ކުޅޭ އެންމެ ފަހު އެލްކްލެސިކޯއަށްވުން އެކަށީގެންވެއެވެ. ސީޒަން ފެށުނު އިރު މެސީއާ ބާސާއާ ދެމެދު އުފެދުނު ނުތަނަވަސްކަމުގައި ޓީމު ދޫކޮށް ދިޔުމާ ގާތަށް ގޮސްފައިވާއިރު، މިއީ މެސީގެ ކޮންޓްރެކްޓް މިހާރު އޮތް ގޮތުން ބާސާއަށް ކުޅޭނެ ފަހު ސީޒަންވެސްމެއެވެ.

މެސީއާ ބާސާއާ ދެމެދު އުފެދިފައިވާ އުދާސްގަނޑު އަދިވެސް ފިނިވެފައިނުވާތީ މެސީގެ ކޮންޓްރެޓްގެ މުއްދަތު އިތުރު ކުރާނެ ކަމަކަށް ނުބެލެވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ދެޓީމުގެ ކުރިމަތިލުންތަކަކީ ސްޕެނިޝް ލީގުގައި އަބަދުވެސް އެންމެ ވާދަވެރި އަދި އެންމެ ފޯރި ގަދަ ކުރިމަތިލުންތަކެވެ. އެލްކްލެސިކޯގެ އެންމެ ފަހުގެ ނަތީޖާތަކަށް ބަލާއިރު ކޭމްޕް ނޯގައި އެންމެ ފަހުން ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމް އެއްވަރުވެގެންނެވެ. އަނެއްކޮޅުން ރިއާލްގެ ދަނޑުގައި ކުޅުނު މެޗުން މިދިޔަ މާރިޗު މަހު ރިއާލްވަނީ ދެ ލަނޑު ސުން ލަނޑުން މޮޅުވެފައެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މިރޭގެ މެޗުވެސް ކުޅެވޭނީ ސަޕޯޓަރުން ނުވައްދައި، ހުސް ސްޓޭޑިއަމްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް