ads
ހއ. ބާރަށް
ބާރަށުގައި ކުއްޖަކު ދަންޖެހިގެން މަރުވި މައްސަލަ ބަލަނީ
ހއ. ބާރަށުގައި އުމުރުން 18 އަހަރު ނުވާ ކުއްޖަކު ދަންޖެހިގެން މަރުވެއްޖެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި 17 އަހަރުގެ އެ ފިރިހެން ކުއްޖާ މަރުވެފައި ވަނީ އެ ކުއްޖާ ދިރިއުޅޭ ގޭގެ ކުރިމަތީގައި ހުންނަ ފަޅު ގެއެއްގަ އެވެ. 

އެ ރަށު ކައުންސިލުގެ މެމްބަރަކު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ރޭ ތިނެއް ޖަހަނިކޮށް ވެސް ރަށުގެ މީހުންނަށް އެކުއްޖާ ފެނިފައިވެ އެވެ. އަދި ގެއަށްދާން ބުނުމުން އޭނާއަކީ ވަރަށް އެކަނިވެރިއެއް ކަމަށް ބުނެފައިވެ އެެވެ. 

ފަތިހުގެ ވަގުތެއްގައި ކުއްޖާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ އަތިރިއަށް ކުނި އުކާލަން ދިޔަ އަންހެނަކަށް ކަމަށް މައުލޫމާތު ލިބެ އެވެ. 

އެ މައްސަލަ މިހާރު ފުލުހުން ވެސް ބަލަމުން އަންނަ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވެ އެވެ. އެކަމަކު އަދި އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެ އެވެ. 

ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި އެކުއްޖާއަކީ މަސްތުވާތަކެތި ބޭނުންކުރާ، އަދި އޭގެ ވިޔަފާރި ވެސް ކުރާ ކުއްޖެކެވެ.  

4%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
69%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް