ads
ހުޅުމާލޭ ދެވަނަ ފިޔަވަހި- ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ފޭސް ދެއަކުން 72 ބިދޭސީން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ހުޅުމާލެ ފޭސް ދޭއްގައި މަސައްކަތްކުރާ 72 ބިދޭސީ މަސައްކަތްތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދަކަވަމަުން ޑރ. ނަޒްލާ ވިދާޅުވީ ވޭތުވެދިޔަ ހަފްތާ ތެރޭގައި އެތަނުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ 72 މީހުން ފެނިފައިވާ ކަަމަށެވެ. 

ޑރ. ނަޒްލާ ވިދާޅުވީ އެތަނުން މިމަހުގެ 21 ވަނަ ދުވަހު 60 ސާމްޕަލެއް ނަގާފައިވާއިރު އޭގެ ތެރެއިން 23 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއަށް ފަހު 23 ވަނަދުވަހު ނެގި ސާމްޕަލްތަކުން ހަތަރު މީހަކު އަދި މިއަދު ނެގި ސާމްޕަލް ތެރެއިން ދެ މީހަކަު ޕޮޒިޓިވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެތަނަށް ވަދެ ނިކުމެ އުޅުން މިހާރު މަނާ ކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. 

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 1355 ސާމްޕަލުން މިއަދު ވަނީ ރާއްޖެއިން އިތުރު 30 މީހުން ޕޮޒިޓިވްވެ ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 11،421 އަށް އަރާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް