ads
ބީއެމްއެލް ގައްދޫ ބްރާންޗް--- ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް
ބޭންކުން އާ ހިދުމަތެއް ތައާރަފް ކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެ ކުންފުނިން އާ ހިދުމަތެއް ތައާރަފްކޮށްފި އެވެ.

އެގޮތުން ބީއެމްއެލް އިން ވަނީ އެ ކުންފުނީގެ މަސައްކަތްތައް ޑިޖިޓަލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދު ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފްކޮށްފަ އެވެ. މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންގެ ޑެބިޓް، ކްރެޑިޓް، އަދި ޕްރީޕެއިޑް ކާޑުތަކުގެ ޕިން ނަންބަރު ވަގުތުން ބަދަލުކޮށްލެވޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފް ކުރެވުމުގެ ސަބަބުން، ކާޑުގެ ޕިން ނަމްބަރު ބަދަލުކުރުމަށް ބޭންކްގެ ބްރާންޗްތަކަށް ޒިޔާރަތްކުރަން ނުޖެހި، ބީއެމްއެލް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ރައްކާތެރިކަމާ އެކު ޕިން ބަދަލުކުރެވޭނެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އޭގެ ސަބަބުން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށްވެސް ލުއިފަސޭހަވެގެންދާނެ ކަމަށްވެސް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވަނީ ބޭންކުން ގިނަ ހިދުމަތްތަކެއް މިހާރު އޮންލައިން ކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން ކަސްޓަމަރުންގެ ވަގުތު ސަލާމަތްވެ، ހިދުމަތްތައް ހޯދުމަށް ލުއިފަސޭހަވާނެ ކަމަށް ވިދާޅުވެފައެވެ.

ބީއެމްއެލްގެ އަމާޒަކީ ޒަމާނީ ހިދުމަތްތަކާއި އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށާއި، ވިޔަފާރިތަކަށާއި، ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މިހާތަނަށް އަތޮޅުތަކުގައި ބީއެމްއެލްގެ ޖުމްލަ 38 ބްރާންޗެއް ހުންނަ އިރު، 61 ސެލްފްސާވިސް ސެންޓަރުތަކުން އަދި 124 އޭޓީއެމް މެޝިންތަކުން ދަނީ ރައްޔިތުންނަށް ހިދުމަތް ދެމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް