ads
ފޮޓޯ: ސިއާދު އަހުމަދު
އައްޑޫގެ މައިޒާންތަކަކަށް ބޮޑެތި ގެއްލުންތަކެއްދީފި
އައްޑޫ މީދޫގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ މައިޒާންތަކަކަށް ގެއްލުންދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އައްޑޫ މީދޫގައި އަމިއްލަ ޖަމިއްޔާއަކުން ހަދާފައިވާ މައިޒާންތަކަކަށް ގެއްލުންދީފައިވާކަން ރޭ ރަށުތެރެ ބެލެހެއްޓުމުގައި އުޅުނު ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެގޮތުން ލިލީ ބީޗް އާއި ވެރާންދު ޕާކާއި ކޮއްގަނު ޕާކު އަދި ސްވިމިން ޓްރެކް އޭރިއާއަށް ވަނީ ގެއްލުންތަކެއްދީފައި ކަމަށެވެ. 

އެތަންތަނަށް ގެއްލުންދީފައިވާ މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ބަލަމުން އަންނަ ކަމަށް ބުނެ އެވެ. 

އެތަންތަނަށް ދީފައިވާ ގެއްލުންތަކުގެ ފޮޓޯތަކުން ފެންނަ ގޮތުގައި މައިޒާންތަކުގައި އެލުވާފައިވާ އުނދޯލިތައް ވެސް ނައްޓުވާލާ މޫދަށް އެއްލާލަފައިވާއިރު އެތަންތަނުގައި ބަހައްޓާފައި ހުރި ޑަސްޓްބިންތައް ވެސް ވަނީ ހަލާކުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް