ads
ފޭރެން މަސައްކަތްކުރަނީ--
ބޭންކަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރެން އުޅެފި
ބޭންކަކަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރެން އުޅެ، ނާކާމިޔާބު ވެއްޖެ އެވެ.

ފުލުހުން ބުނީ ބޭންކަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ބަޔަކު ފޭރެން މަސައްކަތްކުރި މައްސަލައެއް މިއަދު 11:47 ގައި ފުލުހުންނަށް ހުށަހަޅާފައިވާއިރު އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 

އެކަމަކު ފޭރެން މަސައްކަތްކުރީ ކިހާ ފައިސާއެއްކަން އަދި އެކަމުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. 

އެމީހުން ފޭރެން އުޅުނު ގޮތުގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ވީޑިއޯ އިން ފެނިގެންދަނީ ދެ ސައިކަލެއްގައި އައި ހެލްމެޓް އަޅައިގެން ތިބި ހަތަރު މީހަކު ފޭރެން އުޅުނު މަންޒަރެވެ. 

އެގޮތުން ވެހިކަލެއް އައިސް މަޑުކޮށްލާއިރަށް ފެނިގެންދިޔައީ ފައިސާ ފޭރެން މަސައްކަތްކުރި މަންޒަރެވެ. އެކަމަކު އެކަން ނާކާމިޔާބުވުމާއެކު ފެނިގެންދިޔައީ އެމީހުން އެތަނުން ފިލާ މަންޒަރެވެެ.

އެނގިފައިވާ ގޮތުގައި އެ ފައިސާއަކީ ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެކެވެ. އެކަމަކު އެއީ ކޮން ކުންފުންޏެއްގެ ފައިސާއެއްކަން ސާފެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް