ads
ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން--
ރޭޕާ ދެކޮޅަށް އަޑު އުފުލައިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފި
މާލޭގައި ރޭޕްކުރުމާއި ދެކޮޅަށް އަޑު އުފުލައިގެން ހައްޔަރުކުރި ވޮއިސް އޮފް ޗިލްޑްރެސްގެ ފަސް މެމްބަރުން ދޫކޮށްލައިފި އެވެ.

ފުލުހުން މިއަދު ހަވީރު އެމީހުން ހައްޔަރުކުރީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންއާ ހިލާފަށް އެއްވުމެއް ކުރިއަށް ގެންދިޔުމުން ނަސޭހަތްތެރިވުމުން ވެސް އެއްވުން ކުރިއަށް ގެންގޮސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ބުނެ އެވެ. 

މިރޭ ފުލުހުން ބުނީ އެތަނުން ހައްޔަރުކުރި އެންމެން ދޫކޮށްލާފައިވާ ކަމަށާއި އެމީހުންނާއި މެދު ފިޔަަވަޅެއް ވެސް އަޅާފައި ނުވާ ކަމަށެވެ. 

ޖެންޑާ މިނިސްޓްރީ ދޮށަށް އެއްވެ ވޮއިސް އޮފް ޗިލްޑްރަންގެ ނަމުގައި ހިންގަމުން އަންނަ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތަކުން ސީއެންއެމްއަށް ބުނި ގޮތުގައި ފުލުހުން ހައްޔަރުކުރީ އެ ހަރަކާތުގެ ފައުންޑަރަކާއި ހަތަރު މެމްބަރެކެވެ. 

މީގެ ކުރިން ވެސް އެ ހަރަކާތުން އިސްނަގައިގެން މާލޭގައި ޖިންސީ ގޯނާ އާއި ރޭޕްއާ ދެކޮޅަށް އަޑުއުފުލާފައިވެ އެވެ. އަދި ގިނަ ބަޔަކު އެ ހަރަކާތްތަކުގައި ބައިވެރިވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް