ads
އިބްރާހިމް ޝާހު--
މަހަކުން ޖެހި ޒިޔާދާގެ ކުރީގެ ފިރިމީހާ މަރުވެއްޖެ
އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާއިން ކްރިމިނަލް ކޯޓުން ސަލާމަތްވި އިބްރާހިމް ޝާހުގެ މޭމަތީގައި މަހަކުން ޖެހި މަރުވެއްޖެ އެވެ.

ސީއެންއެމްއަށް ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ ޝާހު މަރުވީ މިރޭ 7:50 ހާއިރު މަހަކުން މޭތީގައި ޖެހިގެން ލިބުނު އަނިޔާގައި ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި އޭނާއަށް ހާޓް އެޓޭކެއް ޖެހުން ކަމަށް ވެސް މައުލޫމާތު ލިބުން ކަމަށް ވިދާޅުވި އެވެ. 

ޝާހު މަރުވެފައި މިވަނީ ގދ. ތިނަދޫ، ކަޅިރަވަ ދޯނިން މަހަށް ނިކުމެ އުޅެނިކޮށް ދިމާވި އެ ހާދިސާގަ އެވެ. މިހާރު އޭނާގެ ގޮވައިގެން ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިއުމަށް ދަތުރުކުރަމުންދާ ވެސް ވެއެވެ. 

ޝާހު ދޫވެފައި ހުރީ، އޭނާގެ މައްޗަށް ތިން އަހަރުގެ ހުކުމް އިއްވިއިރު ޝަރީއަތް ކުރިއަށް ނުގޮސް ތިން އަހަރުގެ މުއްދަތަކަށް ބަންދުގައި ހުރުމުންނެވެ. 

ޝާހު މަރުވިއިރު އޭނާގެ ފަރާތުން އަނިޔާތަކެއް ތަހައްމަލު ކުރި ގދ. ތިނަދޫއަށް ނިސްބަތްވާ ޒިޔާދާ ނައީމަށް ލިބުނު ޖިންސީ އަނިޔާތަކުގައި އޭނާ ވަނީ މަރުވެފަ އެވެ.  

އެ މައްސަލާގައި ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ ރޭޕްގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އާއި، މީހަކު މަރުވެ ދިޔުމުގެ ފަަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެ ދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ ވެސް އުފުލާފައި ވެއެވެ.

އެ މައްސަލާގައި މިމަހުގެ އެއްވަނަ ދުވަހު ހައި ކޯޓުން ނިންމީ ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ ސާބިތުވާ ކަމަށެވެ. އޭގެ އުގޫބާތެއްގެ ގޮތުން ތިން އަހަރަށް ވަނީ ޖަލަށް ހުކުމްކޮށްފަ އެވެ. ބާކީ އޮތް ތިން މައްސަލައިގެ ހުކުމް އަދި އިއްވާފައެއް ނުވެ އެވެ.

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް