ads
ނ. މާފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން--
މާފަރު ފުލުހުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި
ނ. މާފަރު ޕޮލިސް ސްޓޭޝަނުން އެ ރަށުގައި މީހުން ދިރިއުޅެމުންދާ ގެތަކަށާއި ވިޔަފާރި ކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

ފުލުހުން ބުނީ އެ ޕްރޮގްރާމަކީ މާފަރުގައި ފުލުހުންގެ ހިދުމަތް ދޭން ފެށުމާ ގުޅިގެން ފުލުހުންނާއި އާންމު ރައްޔިތުންނާ އޮންނަ ގުޅުން މިހާރަށް ވުރެ ބަދަހިކޮށް، ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ފުލުހުންގެ މަސައްކަތަށް ރައްޔިތުންނަށް އެހީތެރިވެވޭނެ ގޮތްތައް އޮޅުންފިލުވައި ހިޔާލު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

އަދި މާފަރުގެ ކުށުގެ ވެށީގެ މައުލޫމާތާއި ކުށްކުރުން މަދު ކުރުމަށާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މައުލޫމާތު ދީ ހޭލުންތެރި ކުރުވުން ވެސް އެ ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ. 

your imageނ. މާފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން--

ފުލުހުން ބުނީ އެ ޕްރޮގްރާމްގައި ގޭގެއަށް ޒިޔާރަތްކޮށް، ވައްކަމުގެ މައްސަލަތަކާ ގުޅިގެން އެފަދަ މައްސަލަތައް މަދުކުރުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދީފައި ވެއެވެ.

މީގެ އިތުރުން މާފަރުގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދު ތަކެއްތޯ ބެލުމުގެ ގޮތުން އަހަރީ ފީ، އިންޝުއަރެންސް އާއި ރޯޑްވާދިނަސް ހަމައަށް ހުރިތޯ ބަލައި، އުޅަނދުތަކުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އަދި މާފަރުގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ފަރުދީ ގޮތުން ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން މާފަރުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް އެ ޕްރޮގްރާމްގެ ދަށުން ފުލުހުން ވަނީ ކޮށްފަ އެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ 20 ފެށިގެން 22 ވަނަ ދުވަހާއި ހަމައަށެވެ. ފުލުހުން ދަނީ މިފަދަ ޕްރޮގްރާމްތައް އަތޮޅުތަކުގެ އެކި ރަށްތަކުގައި ކުރިއަށް ގެންދަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް