ads
އެމްޓީސީސީ ބިލްޑިން--
ތިންވަނަ ކުއާޓާގައި އެމްޓީސީސީގެ ސާފު ފައިދާ އިތުރުވެއްޖެ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސާފު ފައިދާ އަދި އާމްދަނީ މި އަހަރުގެ ތިންވަނަ ކުއާޓާގައި އިތުރުވެއްޖެ އެވެ.

ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 15.05 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ތިންވަަނަ ކުއާޓަރުގައި 51.18 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. 

އެހެންކަމުން ދެވަނަ ކުއާޓާއާ އަޅާ ބަލާއިރު، ތިންވަނަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނު ފައިދާ ވަނ 36.13 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ. 

އެ ކުންފުނީގެ މި އަހަރުގެ ތިންވަނަ ކުއާޓާ ރިޕޯޓުގައިވާ ގޮތުން ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 350 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އެ މުއްދަތުގައި އޮޕަރޭޓިން ފައިދާގެ ގޮތުގައި 69.72 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ ވެސް އޭޕްރިލް މަހުން ޖޫން މަހަށް ބަލާއިރު އިތުރު އަދަދެކެވެ.

ނަމަވެސް ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު، ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު ސާފު ފައިދާ އާއި އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ވަނީ ދަށްވެފަ އެވެ. 

އެގޮތުން ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 51.18 މިލިއަން ރުފިޔާ ލިބުނުއިރު، ފުރަތަމަ ކުއާޓަރުގައި 53 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިިބިފައި ވެއެވެ. 

އަދި ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 350 މިލިއަން ރުފިޔާ ލިބުނު އިރު، ޖެނުއަރީ އިން މާޗްއަށް ގުނާ ފުރަތަމަ ކުއާޓަރުގައި 353 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ސާފު ފައިދާގެ ގޮތުގައި މިހާތަނަށް 119.20 މިލިއަން ރުފިޔާ އެމްޓީސީސީއަށް ލިބިފައި ވާއިރު، އާމްދަނީގެ ގޮތުގައި 951.72 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް