ads
ރޭޕްކުރުމާއި ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން--
ދޮން ދަރިއާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ދޮން ބައްޕައަކު 15 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ދ. އަތޮޅުގެ ރަށެއްގައި ނުވަ އަހަރުގެ ދޮން ދަރިއަށް 2013 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި މައްސަލައިގައި އެމީހާގެ މައްޗަށް އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން 2018 ގައި ވަނީ ކުށް ސާބިތު ނުވާ ކަމަށް ނިންމާފަ އެވެ. އެކަމަކު ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވެ، 15 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވާފަ އެވެ.

ރަށު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމްގައި ވަނީ އެމީހާ، ކުޑަ ކުއްޖާއާމެދު ޖިންސީ އަމަލު ހިންގާފައިވާކަން ސާބިތުވާވަރަށް ހެކި ލިބިފައިނުވާތީ، އެ މައްސަލަ ޝަރީއަތަށް ސާބިތުނުވާ ކަމަށެވެ. 

އެގޮތުން އޭރުގެ ހުކުމްގައި ބުނެފައި ވަނީ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން ތައްޔާރުކޮށްފައިވާ ކުއްޖާއާބެހޭ ރިޕޯޓަކީ ކުއްޖާއާއި ކުއްޖާގެ މަންމަ ކިޔައިދީފައިވާ ކިޔާދިނުމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ކުއްޖާއާބެހޭ ރިޕޯޓަކަށްވާތީ، އެރިޕޯޓަކީ ހެއްކެއްކަމަށް ބަލައިގަނެވޭނެ ރިޕޯޓެއްނޫން ކަމަށެވެ. 

އޭގައި އިތުރަށް ބުނީ 2014 ވަނަ އަހަރު ކުއްޖާ ޑޮކްޓަރަށް ދެއްކުމުން އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ޑޮކްޓަރު ލަފާކޮށްފައިވާ ކަމަށެވެ. އަދި އެކި ފަރާތްތަކަށް ކުއްޖާ ކިޔައިދީފައިވާ ކިޔުންތަކުގައި ޝައްކެއް އުފެދޭ މިންވަރުގެ ފުށުއެރުންތަކެއް ނެތްކަމަށް ވެސް ހުކުމްގައި ބުނެ އެވެ.

އޭގެ އިތުރުން ހުކުމްގައި ވަނީ ކުއްޖާގެ މަންމަ އެމީހާގެ ހާޒިރުގައި ޝަރީއަތުގެ މަޖިލީހުގައި، ކުއްޖާއާމެދު ޝުޖާއު އަމަލު ކުރަމުންދިޔަ ގޮތްކަމަށް މަންމައަށް ފެނިފައިވާ ޝައްކުކުރެވޭ ކަންތައްތަކުގެ ވާހަކަތައް ވަރަށް ސާފުކޮށް ބަޔާން ކޮށްދިނުމުން، އެއިން އެއްވެސް ކަމަކާއިބެހޭ ގޮތުން މަންމައާ އޭނާ ސުވާލެއް ކުރިމަތިކޮށް ރައްދެއްދީ ދެކޮޅު ހަދާފައި ނުވާ ކަމަށެވެ. 

އެވާހަކައަށް އޭނާ އިންކާރުކޮށްފައި ނުވާކަމަށްވާތީ، އެއީ ހަމަ ހަގީގަތުގައިވެސް ހިނގާފައިވާ ކަމެއްކަމަށް ބުރަވެވޭ ކަމަސް ބަޔާނުގައި ބުނެ އެވެ. 

އެހެންވެ ކޯޓުން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން އެމީހާގެ މައްޗަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ޝާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް