ads
ޕޮގްބާ މައްކާގައި.
ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް: ޕޮގްބާ
ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށް ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ބުނެފިއެވެ.

މީޑިއާގައި މިއަދު އާއްމުވީ ވާހަކައަކީ، ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ދެއްކުމާ އެކަމާއި މެދު ހިތްހަމަ ނުޖެހި ފްރާންސްގެ ގައުމީ ޓީމަށް ކުޅުން ޕައުލް ޕޮގްބާ ހުއްޓާލި ވާހަކައެވެ. މެދު އިރުމަތީގެ ބައެއް ނޫސްތަކާއި ހަވާލާދީ އިނގިރޭސި މީޑިއާއިންވެސް އެ ހަބަރު ގެނެސްފައިވެ އެވެ.

މި ހަބަރުތައް އާއްމުވުމާ ގުޅިގެން ޕޮގްބާ ކުރި ޓްވީޓެއްގައިވަނީ އެއީ "ފޭކް ނިއުސްއެއް" ކަމަށް ބުނެފަ އެވެ. ޕޮގްބާ ޓްވީޓް ކުރީ އިނގިރޭސި ދަ ސަން ނޫހުގެ އެ ހަބަރުގެ ސްކްރީން ޝޮޓަކާ އެކުއެވެ.

ޕޮގްބާއަކީ ފްރާންސް ގައުމީ ޓީމުގައި ހިމެނޭ މުހިއްމު ކުޅުންތެރިއެކެވެ. އޭނާއަކީ މުސްލިމެއްވެސް މެއެވެ. އަދި އެ ނޫންވެސް ގިނަ އަދަކަށް މުސްލިމް ކުޅުންތެރިން ފްރާންސްގެ ގައުމީ ޓީމަށް ކުޅެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް