ads
ޑްރޭކް--
ޑްރޭކްގެ އާ އަލްބަމެއް އަންނަ ޖެނުއަރީގައި
ލަވަކިޔުންތެރިޔާ ޑްރޭކްގެ އާ އަލްބަމް "ސާޓިފައިޑް ލަވާ ބޯއި" ޖެނުއަރީ 2021 ގައި ނެރުމަށް ނިންމައިފި އެވެ.

ކެނެޑާއަށް ނިސްބަތްވާ ރެޕް ލަވަކިޔުންތެރިޔާ އެކަން އިއުލާން ކުރީ އޭނާގެ 34 ވަނަ އުފަން ދުވަހާ ދިމާކޮށް، އޭނާގެ ރިކޯޑް ލޭބަލް "އޯވޯ" މެދުވެރިކޮށް ސޯޝަލް މީޑިއާގަ އެވެ. 

އެކަން އިއުލާންކޮށް، އަލްބަމްގެ ކުޑަ ޓީޒާއެއް ވެސް ޕޯސްޓުކޮށްފައި ވެއެވެ.

މި އަލްބަމް ވެގެން ދާނީ ޑްރޭކްގެ ހަވަނަ އަލްބަމަށެވެ. އޭނާ އެންމެ ފަހުން އަލްބަމެއް ނެރުނީ 2018 ވަނަ އަހަރު އެވެ. އެއީ "ސްކޯޕިއަން" އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް