ads
އިޓަލީގެ ކޮވިޑްގެ ހާލަތު ގޯސްވަނީ--
އިޓަލީގައި އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް މުޒާހަރާކޮށްފި
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިޓަލީން އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކޮށްފިއެވެ.

އެގޮތުން އިއްޔެ އެގައުމުގެ ސިޓީތައް ކަމަށްވާ ތުރިން އާއި މިލާންގައި ކުރި މުޒާހަރާތަކުގައި ބައިވެރިން ވަނީ ފުލުހުންނާއި ދިމާލަށް ޕެޓްރޯލް ބޮން އުކާފައެވެ. މީގެ އިތުރުން އެގައުމުގެ އިތުރު ސިޓީތައް ކަމަށްވާ ރޯމް، ތްރިއެސްތޭ، އަދި ޖެނޮއާގައި ވެސް މުޒާހަރާކޮށްފައިވެއެވެ. ރޭގެ މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކޮށްފައިވާ އިރު، މިލާނުން އެކަނިވެސް 28 މީހުން ހައްޔަރުކޮށްފައިވެ އެވެ.

އިޓަލީގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކުރަން ފަށާފައިވަނީ އެ ގައުމުގެ ސަރުކާރުން ޖިމް ތަކާއި، ރެސްޓޯރަންޓްތަކާއި، ސިނަމާތައް ރޭގަނޑު 6:00 އިން ފެށިގެން ބަންދުކުރަން ނިންމުމާއި ގުޅިގެންނެވެ. އިޓަލީން ވަނީ ރޭ 6:00 އިން ފެށިގެން މިގޮތަށް އަމަލުކުރަން ފަށައިފައެވެ.

އިޓަލީގައި ކުދި ވިޔަފާރިތައް ކުރާ ފަރާތްތައް ވަނީ އިތުރު ފިޔަވަޅުތައް އެޅުމުގެ ސަބަބުން އެ ފަރާތްތަކުގެ ވިޔަފާރިތައް ހުއްޓާލަންޖެހިދާނެ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިހާތަނަށް އިޓަލީގައި ބައިލައްކައަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، މިހާތަނަށް 37،479 މީހުން މަރުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް