ads
މަރުވެފައި އޮއްވާ ފެނުން ޒުވާނާ--
ސިދުރަތުﷲ ގެ މަރުގެ މައްސަލާގައި ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ
މިމަހުގެ 22 ވަނަ ދުވަހު ރަސްފަންނު ސަރަހައްދު މޫދުން މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ސިދުރަތުﷲ އަހްމަދު އެންމެ ފަހުން ފެނިފައިވާ ސީސީޓީވީ ފޫޓޭޖް އާންމުކޮށް، ހާދިސާ އާއި ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން އާންމުކޮށްފައިވާ ސީސީޓީވީ ފޫޓޭޖްގައި އޮކްޓޯބަރު 22 ވީ ބުރާސްފަތި ދުވަހުގެ 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް، އުމުރުން 31 އަހަރުގެ، ގދ. ވާދޫ، ރިމެމްބާކަދާވަޑު، ސިދުރަތުﷲ ހިނގާފައި ދާ މަންޒަރު ފެނެއެވެ. 

ސީސީޓީވީ ފޫޓޭޖް އާންމުކުރަމުން ފުލުހުން ވަނީ، އެވަގުތު އޭނާ އާއި ބައްދަލުވި، ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެވަން އެދިފައެވެ. 

ރަސްފަންނު މޫދު ސަރަހައްދުން ސިދުރަތުﷲ މަރުވެފައި އޮއްވާ ފެނުނު އިރު އޭނާގެ މޫނުމަތީގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް މީގެކުރިން ވަނީ އަޑުފެތުރިފައެވެ.

ފުލުހުންގެ އިތުރުން މިމައްސަލަ މިހާރި އަންނަނީ ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ތަހުގީގު ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް