ads
ލ.ގަން--ފޮޓޯ: އެޑިޝަން
ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ތަހްގީގު ކުރުމަށް ނިންމައިފި
ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ތަހްގީގު ކުރުމަށް ޖޭއެސްސީން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލައެއްގައި، ކަނޑައެޅިގެން ގާނޫނާ ހިލާފަށް އިސްމެޖިސްޓްރޭޓް އަބްދުލްފައްތާހް އަބްދުލްގަފޫރު އަމަލުކުރިކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރުމަށް ނިންމާފައިވާކަމަށެވެ.

އެ މައްސަލަ ބެލުމަށް ނިންމާފައިވަނީ މައްސަލަ ބެލުމާމެދު ގޮތް ނިންމާ ކޮމިޓީން ނެވެ. އެގޮތުން  އެ މައްސަލަ ތަހުގީގުކުރުމަށް ތަހްގީގު ކޮމިޓީއެއް މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 75 ވަނަ ބައްދަލުވުމުގައި އެކުލަވާލައިފާވެއެވެ.

ޖޭއެސްސީން ގަމު އިސްމެޖިސްޓްރޭޓް އަބްދުލްފައްތާހް އަބްދުލްގަފޫރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާއިރު ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ، އަދި މަގާމުން ވަކިކުރުމަށް ޖޭއެސްސީ އާއި މަޖިލީހުގެ ކޮމިޓީން ނިންމާފައިވާ ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް