ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު-- ފޮޓޯ: ފޮރިން މިނިސްޓްރީ
2021 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓު މި ހަފްތާ ނިމުމުގެ ކުރިން މަޖިލީހަށް ފޮނުވަނީ
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މި ހަފްތާ ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އޮކްޓޫބަރު މަސް ނިމުމުގެ ކުރިން 2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއެވެ. 

މި ހިނގަމުންދާ 2020 ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްފައި ވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށް، 37.8 ބިލިއަން ރުފިޔާގެ ބަޖެޓަކަށް ވަނީ ބަދަލުކޮށްފަ އެވެ.

ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް މާލީ ގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމުގެ ސަބަބުން އެ ބަޖެޓު އަލުން މުރާޖައާ ކުރުމުގެ މަސައްކަތް ވެސް ފިނޭންސް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ފިނޭންސް މިނިސްޓްރީން ކުރިން ބުނީ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން 2020 ވަނަ އަހަރުގެ ބަޖެޓު ވެސް މުރާޖައާ ކުރުމަށް ފަހު މަޖިލީހަށް ފޮނުވާނެ ކަމަށެވެ. 

އެހެންކަމުން ބެލެވޭ ގޮތުގައި މި ހަފްތާގައި މި ދެ ބަޖެޓު ވެސް މަޖިލީހަށް ހުށަހަޅާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް