ads
ޕޯޓަލް އިފްތިތާހުކުރުމުގެ ތެރެއިން އެޑިޔުކޭޝަން މިނިސްޓަރު އައިިޝަތު އަލީ---
މާލޭ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި ބަދަލުކުރަން އޮންލައިން ޕޯޓަލްއެއް އިފްތިތާހްކޮށްފި
މާލޭސިޓީގެ ސަރުކާރު ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި، ސްކޫލް ބަދަލުކުރަން ބޭނުންވާ ފޯމް ހުށައެޅުމަށް ހާއްސަ އޮންލައިން ޕޯޓަލްއެއް އިފްތިތާހްކޮށްފި އެވެ.

މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިފްތިތާހް ކުރެއްވި މި ޕޯޓަލްއަކީ ދަރިވަރުން ސްކޫލަށް ވެއްދުމަށް ފޯމު ހުށައެޅުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންނަށް ފަސޭހަ ކުރުމުގެ މަގްސަދުގައި ތައްޔާރުކޮށްފައިވާ ޕޯޓަލްއެއްކަމަށް އެމިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެ ޕޯޓަލް މެދުވެރިކޮށް ސްކޫލަށް ކުދިން ވެއްދުމަށް ފޯމް ހުށަހެޅުމުގެ އިތުރުން، ފޯމާ ގުޅޭ އިތުރު ޑޮކިއުމެންޓްތައްވެސް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި ޖާގަ ލިބޭ ސްކޫލްތަކަށް އިތުރު ޑޮކިއުމެންޓް ހުށަހަޅަން ނުޖެހި ޕޯޓަލް މެދުވެރިކޮށް އެކަންކަން ހަމަޖެހިގެންދާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ސްކޫލަށް ކުދިން ވެއްދުމާއި، ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށްވެސް މި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އޮންލައިންކޮށް ފޯމް ހުށައެޅުމުން ބެލެނިވެރިޔާގެ ފޯނަށް ޖަވާބު ސްލިޕް، ޕޯޓަލް މެދުވެރިކޮށް ފޮނުވޭ ގޮތަށްވަނީ ހަމަޖައްސާފަ އެވެ. އެ ޕޯޓަލްއަށް އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށްވެސް ވަދެވޭނެ އެވެ.

އެ އޮންލައިން ޕޯޓަލްއާއެކު ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަރުހަލާތަކުގައި ބެލެނިވެރިން މިނިސްޓްރީއަށާއި، ސްކޫލްތަކަށް އަންނަން ނުޖެހި ފަސޭހަކަމާއެކު ސްކޫލަށް ވެއްދުމުގެ ކަންކަން ކުރެވޭނޭ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް