ads
ސައިނާ އާއި އޭނާގެ ފިރިމީހާ--
އިންޑިއާގެ ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ އާއި ފިރިމީހާ ރާއްޖޭގައި
އިންޑިއާގެ މަޝްހޫރު ދެ ބެޑްމިންޓަން ކުޅުންތެރިން ކަމަށްވާ ސައިނާ ނެހްވާލް އާއި އޭނާގެ ފިރިމީހާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ކާމިޔާބު ދެ ބެޑްމިންޓަން ކުޅުންތެރިންގެ ގޮތުގައި ފާހަގަކުރެވޭ ސައިނާ އާއި ޕަރުޕައްލީ ކަޝްޔަޕް ކައިވެނިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. 

ދެ ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ތާޖް އެގްޒޯޓިކާ ރިސޯޓުގަ އެވެ. ރައްޓެހިންނާއެކު މި ކުޅުންތެރިން އައީ އިއްޔެގެ ވަގުތެއްގަ އެވެ. 

ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގެ ފޮޓޯތައް ދެ ތަރިން ވެސް ވަނީ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. 

ސައިނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު އޭނާގެ ހަޔާތަށް ފިލްމެއް ނެރުމުގެ މަސައްކަތް ވެސް އެބަ ކުރިއަށްދެ އެވެ. ސައިނާގެ ރޯލުން ފިލްމުގައި ފެނިގެންދާނީ ޕަރްނިތީ ޗޯޕްރާ އެވެ.

އުމުރުން 28 އަހަރުގެ ސައިނާ ވަނީ ބެޑްމިންޓަން ތަފާތު މުބާރާތްތަކުގައި ބައިވެރިވެ ބައިނަލް އަގްވާމީ 23 މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޮލިމްޕިކްސް ގޭމްސްގައި ތިން ފަހަރު އިންޑިއާ ތަމްސީލުކޮށްފައިވާ ސައިނާއަށް ވަނީ އެމުބާރާތުގައި އޭނާ ބައިވެރިވި ދެވަނަ ފަހަރު ބްރޯންޒް މެޑަލްއެއް ވެސް ހޯދާފައެވެ. އެއާއެކު އޭނާ ވަނީ އޮލިމްޕިކްގައި ބައިވެރިވެ ބެޑްމިންޓަން އިން މެޑަލްއެއް ހޯދި ފުރަތަމަ އިންޑިއާގެ ބެޑްމިންޓަން ކުޅުންތެރިޔާއަށް ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް