ads
ލޫން ޕްރޮޖެކްޓްގެ ބެލޫން ވެއްޓިގެން ސިފައިން ހަރަކާތްތެރިވަނީ/ ފޮޓޯ: އެމްއެންޑީއެފް
ގޫގުލް ލޫން ޕްރޮޖެކްޓުގެ ބެލޫނެއް ރާއްޖެ ސަރަހައްދަށް ވެއްޓިއްޖެ
ގޫގަލް "ލޫން ޕްރޮޖެކްޓް" ގެ ބެލޫނެއް ރާއްޖެ ސަރަހައްދަށް ވެއްޓުމުން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

ގޫގުލްގެ ލޫން ޕްރޮޖެކްޓަކީ ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

އެމްއެންޑީއެފްއިން ބުނީ، ލޫން ޕްރޮޖެކްޓްގެ އިންޓަނެޓް ބެލޫނެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވެއްޓުނު ކަމުގެ މައުލޫމާތު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނަށް ދީފައިވަނީ މިއަދު ހެނދުނު 10:08 ހާއިރު ކަމަށެވެ. 

މި ބެލޫން ވެއްޓިފައިވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށް ކަމަށާއި ބެލޫން ވެއްޓުނު ކަމުގެ މައުލޫމާތު ލިބުމާއިއެކު، އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އެސަރަހައްދަށް ގޮސް، އެ ބެލޫން މިހާރު ވަނީ ހޯދާފައެވެ. އަދި ރާއްޖޭގައި ހުންނަ ގޫގްލް ޕްރޮޖެކްޓް ޓީމާ، މިއަދު 11:50 ހާއިރު އެ ބެލޫން ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

ބެލޫން ވެއްޓުމާ ގުޅިގެން އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނާއި، އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއާއި، ހުޅުލޭ އެއާ ޓްރެފިކް ކޮންޓްރޯލް އަދި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން ވަނީ އޮޕަރޭޝަނެއް ކޯޑިނޭޓްކޮށް ކުރިއަށްގެންގޮސްފައެވެ.

ބެލޫން ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށާއި، އެއްވެސް ނުރައްކަލެއް ދިމާވެފައެއް ނުވާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް