ads
އިންޑިއާގައި ކޮވިޑްގެ ބިރުވެރިކަން ބޮޑުވަނީ--
އިންޑިއާއިން 8 މިލިއަން މީހުންނަށް ކޮވިޑް ޖެހިއްޖެ
އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އަށް މިލިއަނަށް ވުރެ މަތިވެއްޖެއެވެ.

އެމެރިކާ އަށް ފަހު ދެވަނައަށް އެންމެ ގިނައިން ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވާ އިންޑިއާއިން މިއަދު އެކަނިވެސް 49،881 މީހުން ޕޮޒިޓިވްވެފައިވެއެވެ. ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިއާގައި ދުވާލަކު ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މަދުވެފައިވީ ނަމަވެސް، އެ ގައުމުގެ ސިއްހީ މާހިރުން ވަނީ ކުރިއަށް އޮތް ފިނި މޫސުމުގެ ސަބަބުން އެ ގައުމުގައި ބަލި އިތުރަށް ފެތުރިދާނެ ކަމުގެ އިންޒާރުދީފައެވެ.

އިއްޔެ އިންޑިއާގައި ކޮވިޑް-19 ޖެހިގެން 517 މީހުން މަރުވެފައިވާ އިރު، މިއީ މިހާތަނަށް އޮކްޓޯބަރު މަހު އެ ގައުމުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ދަށް އެއް ދުވަހެވެ. މިދިޔަ ހަފްތާ އިން ފެށިގެން އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ވަނީ ދަށްވާން ފަށައިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މާޗް މަހު އިންޑިއާ ފުރަބަންދަކަށް ގޮސްފައިވާ އިރު، އެ ގައުމުގެ ސަރުކާރުން ދަނީ ފިޔަވަޅުތަކަށް މިހާރު ލުއިތައް ދެމުންނެވެ. އެގޮތުން ސިނަމާތަކާއި، ފިހާރަތަކާއި، އަމިއްލަ ވިޔަފާރިތައް އަލުން ހުޅުވާލާފައިވާ އިރު، ރޭލުގެ ދަތުރުފަތުރުވެސް ވަނީ އަލުން ފަށައިފައެވެ.

އިންޑިއާގެ ރައްޔިތުން ގައިދުރުކަންމަތީ ތިބުމާއި، އެނޫންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަކަަމަށް ވިދާޅުވެ، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރައްޔިތުން ކޮވިޑް-19 އާއި މެދު އިތުރަށް ސަމާލުވުމަށް ގޮވާލައްވައިފައެވެ.

މިއަދުގެ ނިޔަލަށް އިންޑިއާ އިން 8،040،203 މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު، 120،527 މީހުން ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް