ads
ވިލް.އައި.އޭމް--
ބައިޑެން އަށް ސަޕޯޓު ހޯދަން ވިލް.އައި.އެމްގެ ލަވައެއް
މީގެ 12 އަހަރު ކުރިން އެމެރިކާގެ ރައީސް ކަމަށް ބަރަކް އޮބާމާ ކުރެއްވި ކެމްޕޭނުގައި މައި ލަވައެއްގެ ގޮތުގައި ބޭނުން ކުރީ ވިލް.އައި.އޭމް ގެ "ޔެސް ވީ ކޭން" ވީޑިއޯ އެވެ.

އެމެރިކާގެ އިންތިހާބަށް އެންމެ ދެ ތިން ދުވަހަށް ވެފައި ވަނިކޮށް އަނެއްކާވެސް ވިލް.އައި.އޭމް މި ވަނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެންއަށް ތާއީދުކޮށް ލަވައެއް ނެރިފަ އެވެ.

ހަ ފަހަރު ގްރެމީ އެވޯޑް ހޯދާފައިވާ މިއުޒިކް އާޓިސްޓް އޭނާގެ ބޭންޑް، ބްލެކް އައިޑް ޕީޒް އާއެކު ނެރުނު "ދަ ލަވް" އަކީ އެ ބޭންޑުން 2003 ވަނަ އަހަރު ނެރުނު "ވެއާ އިޒް ދަ ލަވް" ގެ އެހެން ވާޝަން އެކެވެ. 

ވިލް.އައި.އެމް އާއި ބްލެކް އައިޑް ޕީޒް އާއެކު، ޖެނިފަ ހަޑްސަން ވެސް މި ލަވައިގައި މަސައްކަތް ކޮށްފައި ވެއެވެ. ޖެނިފަ އަކީ ވެސް އެކަޑަމީ އެވޯޑް ލިބިފައިވާ ފަންނާނެކެވެ. 

"ދަ ލަވް" ގައި ބައިޑެންގެ ސްޕީޗްތަކުން ބައިތައް ހިމަނާފައި ވާއިރު، ކަޅު ނަސްލުގެ މީހުންގެ ހައްގުތައް މަސައްކަތް ކުރާ މީހުން ވެސް ވީޑިއޯއިން ފެނިގެން ދެއެވެ.

އެ ވީޑިއޯ 30 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލާފަ އެވެ. ބައިޑެން އާއި ޑިމޮކްރެޓިކް ޕާޓީގެ އެހެން އިސް ބޭފުޅުން ވަނީ ޓްވިޓާގައި އެ ލަވަ ހިއްސާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް