ads
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް--
ހަސަންގެ އިސްލާހުން ގިނަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑްކުރާނެ: މަހްލޫފް
ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބައެއް އިސްލާހުތަކާއެކު ގިނަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅި ބޭނުމެއްގެ ގޮތުގައި ހަސަން ލަތީފް ފާހަގަ ކުރައްވާފައިވަނީ ރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށޫ އެރުންތައް ނައްތާލުމާއި، އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމުކުރުމަށެވެ. 

އެކަމަކު އެކަމާއި ގުޅިގެން ޔޫތު މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގެ ގިނަ ކުޅިވަރުތައް ސަސްޕެންޑްވެގެންދާނެ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯއާ އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ދާނީ ކުރިއަށް ކަމަށެވެ. 

އަދި އެސޯސިއޭޝަންތަކުގެ އިންތިހާބު ހިންގާނީ ޑިމޮކްރަޓިކްކޮށް ގާނޫނު ނުވަތަ އިންޓަނޭޝަނަލް ފެޑްރޭޝަންތަކުގެ ގަވާއިދުތަކާއި އެއްގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

ހަސަން ލަތީފްގެ އިސްލާހުގައި ވަނީ ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިހާބުތަކަކީ ދެފުށްފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާބުތަކެއްކަމުގައި ހެދުމާއި، ކުޅިވަރާބެހޭ މިނިސްޓަރުގެ މަސްއޫލިޔަތުތަކާއި ބާރުތައް ކަނޑައެޅުމަކީވެސް ބިލުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް