ads
ހުކުރު ނަމާދުގެ ތެރެއިން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމްދީނާއި ނަބިއްޔާ ދިފާއުކުރުމަކީ މުސްލިމުންގެ ވާޖިބެއް: ހުތުބާ
އިސްލާމް ދީނާއި ކީރިތި މާތް ނަބިއްޔާ ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ހާއްސަކުރެވިފައި ވަނީ ކީރިތި ނަބިއްޔާ ދެކެ ލޯބިވުމުގެ މައްޗަށެވެ. އެކަމުގެ މައްޗަށް އަލިއަޅުވާލާ ހުތުބާގައި ބުނީ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމަށާއި އެކަލޭގެފާނަށް ކިޔަމަންތެރިގަތުމާއި އެކަލޭގެފާނުގެ މަތިވެރި މަގާމަށް ގަދަރުކޮށް އިހްތިރާމްކޮށް އެމީހެއްގެ އަމިއްލަ ނަފްސާއި މުދަލާއި އަނބިދަރީންނަށް ވުރެ އެކަލޭފާނު ދެކެ ލޯބިވެ، އެކަލޭގެފާނަށް ނަސްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށެވެ.

ހުތުބާގައި ބުނީ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ތެދުމަގަށް ނަފްރަތުކުރުމާއި ކުޑައިމީސް ބަސް ބުނެ ފުރައްސާރަކުރުމަކީ އިމާންކަމުގެ ދާއިރާއިން ބޭރުވާނެ އަމަލެއްކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށެވެ. އަދި މުސްލިމުންގެ ހިތްތައް ފުރިގެންވަނީ އެކަލޭގެފާނު ދެކެ ލޯބިވުމާއި އެކަލޭގެފާނު މަތިވެރިކޮށްގެންކަން ފާހަގަކޮށް ހުތުބާގައި ބުނީ އެކަލޭގެފާނުގެ ކަރާމާތަށް އުނިކަމެއް ލިބޭފަދަ ކޮންމެ އަމަލަކީ މުސްލިމުންނަށް ބަރުދާސްތުނުކުރެވޭހާ ފުން އަސަރުތަކެއް ކުރުވާނެ އަމަލެއް ކަމަށެވެ. 

މާތް ނަބިއްޔާގެ އަދުލުވެރިކަމާއި އޯގާތެރިކަމާއި މާތްކަމާއި އެކަލޭގެފާނު ގެނެސްދިން ހަބަރުތަކުގެ ތެދުކަމުގެ މައްޗަށް އެންމެން ވެސް ހެކިވާނެކަމަށާއި އަދި ދުވަހެއް ދުވަހަކަށް އެކަލޭގެފާނު ދެކެ ލޯބިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށާއި އެކަލޭގެފާނުގެ ޒިކުރާ ގިޔާމަތާއި ހަމައަށް ދަންދެން އާވެ އާވެ ހުންނާނެކަން ހުތުބާގައި ފާހަގަކުރެ އެވެ. 

އޭގެ އިތުރުން ނަބީބޭކަލުންނަށް ފުރައްސާރަކުރުމުގެ ކަންކަމާއި ގުޅިގެން ހުތުބާގައި ބުނީ އެކަމަކީ އިއްޔެއަކު މިއަދަކު ކުރިމަތިވަމުން އަންނަ ކަމެއް ނޫން ކަމަށެވެ. އެގޮތުން މީސްތަކުންގެ ގާތަށް މާތްﷲ ފޮނުއްވި ކޮންމެ ނަބީބޭކަލަކާއި ރަސޫލު ބޭކަހަލަށް ފުރައްސާރަކޮށް އުޅުނު ބަޔަނު އުޅުންކަމަށް ބުނެ އެވެ. އަދި އިސްލާމް ދީނާއި ކީރިތި މާތް ނަބިއްޔާ ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއްކަން ފާހަގަކުރަމުން ހުތުބާގައި ބުނީ ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިއްމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމަ ގޮތުގައި ތަބާވުން ކަމަށެވެ. އަދި އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާ ލިބި، އެކަލޭގެފާނު އުއްމަތަށް ދައްކުވައިދެއްވި ރިވެތި އަހުލާގީ މިންގަނޑުތަކަށް ވެސް ތަބާވުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް