މާލެއަށް ކަރަންޓު ފޯރުކޮށްދެމުން އަންނަ، ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހެންވޭރު ސަހަރާ ހުންނަ ސަރަހައްދުން ވަނީ ކަރަންޓު ކެނޑިފައި ކަމަށެވެ.
އަދި އެ މައްސަލަ ހައްލުކޮަށް ވީއެންމެ އަަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ހެންވޭރުން ކަރަންޓު ކެނޑުނުއިރު މިދިޔަ ހަފުތާގެ ތެރޭގައި ވަނީ މުޅި މާލެއިން ތިން ވަރަކަށް ގަޑިއިރަށް ކަރަންޓު ކެނޑިފަ އެވެ. އެފަހަރު ވެސް ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކުންނެވެ.