ads
އެލީ ލަވަ ރިކޯޑް ކުރަނީ-- ފޮޓޯ: ނަޒޫ/ ސަން
ނަސްރުގެ ދުވަހަށް އެލީ އާއި މަހްލޫފްގެ ލަވައެއް
ސްޕޯޓްސް މިނިސްޓަރު އަހްމަދް މަހްލޫފާއި ދަރިފުޅި ލައިބާ އަހްމަދު މަހްލޫފު (އެލީ) ގެ އަޑުން ކިޔާފައިވާ "ކިޔާ ދޫ ތަކުން" ގެ ކަވާއެއް ނަސްރުގެ ދުވަހު ނެރުމަށް ތައްޔާރުވެއްޖެ އެވެ.

މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް ކުރެއްވި ޓްވީޓެއްގައި ވަނީ ލަވައިގެ ޓްރެއިލާއެއް އާއްމުކޮށްފަ އެވެ. އެ ޓްރެއިލާ އާއްމުކޮށް ނަޒްރާ ވިދާޅުވީ ލަވަ ނެރުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 3 ގައި ކަމަށެވެ.

"އެލީ އަށް 'ކިޔާ ދޫ ތަކުން" ކަމުދިޔަ ވަރުން މަހްލޫފާއި އެލީ ނިންމީ ކަވާއެއް ކިޔުމަށް. ނަސްރުގެ ދުވަހު ނެރުމަށް ހަމަޖެހިފައިވާ ލަވައިގެ ޓްރެއިލާއެއް މި އޮތީ،" ނަޒްރާގެ ޓްވީޓްގައި ވެއެވެ.

ނަޒްރާ ފާހަގަކުރެއްވި ގޮތުގައި ލަވައިގެ މިއުޒިކް ހަދާފައި ވަނީ އިބްރާހިމް ޒައިދް (ކުޑަ އިއްބެ) އެވެ. ކޮރިއޮގްރަފީ ހެއީ ނުހާ، ބަގްޒީ އަދި ކޮއްކޮ ކަމަށާއި މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) ގެ ބައިވެރިވުން ވެސް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

އެއް މިނެޓު 24 ސިކުންތުގެ ޓްރެއިލާއިން ބަޑީގެ އަޑުތަކާއެކު އެންމެ ފުރަތަމަ ފެންނަނީ ހުދު ހެދުމެއް ލައިގެން ބިން މަތީގައި އިށީންދެގެން އިންނަ އެލީ އެވެ. 

އެއަށްފަހު އެލީ ލަވަ ކިޔަން ފެށުމާއެކު މަހްލޫފް ވެސް ދައްކާލަ އެވެ. އަދި ތިން މީހަކު ނަށާ މަންޒަރު ޓްރެއިލާއިން ފެނެ އެވެ. 

މީގެ ކުރިން ވެސް އެލީ އާއި މަހްލޫފްގެ އަޑުން ލަވަތައް އިވިފައި ވެއެވެ. އެގޮތުން ބައެއް ޓީވީ ޝޯތަކުގައި މަހްލޫފްގެ ލަވަތައް ހުށަހަޅައިދެއްވާފައި ވެއެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް