ads
ބާސެލޯނާގެ މެސީ
ބާސެލޯނާ ބަނގުރޫޓުވަނީ
ކުޅުންތެރިންގެ މުސާރަ ކުޑަ ކުރަން އެއްބަސްނުވާނަމަ ބާސެލޯނާ ބަނގުރޫޓު ވެދާނެ ކަމަށް ސްޕެއިންގެ ރޭޑިއޯއަކުން ރިޕޯޓްކޮށްފި އެވެ.

ކުޅުންތެރިންގެ މުސާރަ ކުޑަ ކުރަން ކުޅުންތެރިން އެއްބަސްނުވާނަމަ ބާސެލޯނާ އޮތީ ބަނގުރޫޓުވުމުގެ މަގުމަތީގައި ކަމަށް ރިޕޯޓް ކުރީ ސްޕެއިންގެ ޕްރައިވެޓް ރޭޑިއޯއަކުންނެވެ. އެ ސްޓޭޝަނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބާސެލޯނާގެ ކުޅުންތެރިން އެ ކުޅުންތެރިންގެ މުސާރައިގެ ތިރީސް އިންސައްތަ ކުޑަ ކުރަން އެއްބަސް ނުވެއްޖެނަމަ އަންނަ ޖެނުއަރީ ހިސާބުގައި ބާސެލޯނާ ބަނގުރޫޓުވާނެއެވެ. 

މުސާރަ ކުޑަ ކުރަން ކުޅުންތެރިންނާ ބާސެލޯނާއާ އެކު އެއްބަސްވުމަކަށް އާދެވޭތޯ ހުކުރު ދުވަހު ކުޅުންތެރިންގެ ގާނޫނީ ވަކީލުންނާއި ބާސެލޯނާގެ ވަކީލުން ބައްދަލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ބައްދަލުވުމަގައި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ކުޅުންތެރިންގެ މުސާރައިގެ ތިރީސް އިން ސައްތަ ކުޑަކުރަންވަނީ ހުށަހަޅާފައެވެ. މި ހުށަހެޅުމަކީ ބާސެލޯނާއިން ގާތްގަނޑަކަށް ސަތޭކަ ނުވަދިހަ މިލިއަން ޔޫރޯގެ ޚަރަދު ކުޑަ ކުރެވޭނެ ހުށަހެޅުމެކެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުޅުންތެރިންނާއި އެކު މި ހުށަހެޅުމާ މެދު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އަންނަ ޖެނުއަރީ މަހު ބާސެލޯނާ ބޭންކްރަޕްސީ އިއުލާން ކުރަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މާލީ ގޮތުން ބާސެލޯނާއަށް އުނދަގޫ ދަނޑިވަޅެއް ކުރިމަތިވެފައިވާއިރު، އެ ކަމުގެ ކަންބޮޑުވުން އެންމެ ބޮޑުވެގެންދާ އެއް ސަބަބަކީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ މެސީގެ ކުރިމަގާ މެދު ގޮތެއް ނުނިމުމެވެ. މި އަހަރަކީ ބާސެލޯނާގެ ކޮންޓްރެކްޓްގައި މެސީގެ އެންމެ ފަހު އަހަރެވެ. މެސީގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ނުކޮށްފިނަމަ އޭނާ ފްރީ ޓްރާންސްފަރއެއްގައި އަންނަ ސީޒަންގައި ކްލަބު ބަދަލު ކުރުމުގެ އިތުރުން ކޮންޓްރެކްޓްގެ މުއްދަތު ހަމަ ކުރުމުން ބާސެލޯނާއިން މެސީއަށް ބޯނަސްވެސް ދޭން ޖެހޭނެއެވެ. މެސީއާ ބާސެލޯނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގައި އޭނާގެ ކޮންޓްރެކްޓް އިތުރު ކުރުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. 

55%
ކަމުގޮސްފި
24%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް