ads
ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުޑަ ކުއްޖެއް ދައްކުވާދޭ ފޮޓޯއެއް--
ދޮންބައްޕައަކު ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ
މެދު ރާއްޖެ ތެރޭގެ ރަށެއްގައި ދޮންބައްޕަ ދަރިފުޅަށް ޖިންސީ ގޯނާކުރާ މައްސަލައެއް ފެންމަތިވެ، ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާގެ ތުހުމަތުގައި އެ ކުއްޖާގެ ދޮންބައްޕަ ވަނީ ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ނަމަވެސް މިހާތަނަށް އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ މައްސަލާގައި ފުލިހުންނާއެކު މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ. އަދި ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ވާނެ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރިޕޯޓު ކުރާ މިންވަރު ރާއްޖޭގައި ވަނީ އިތުރުވެފަ އެވެ. 

އެގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް އަނިޔާގެ 242 މައްސަލައެއް ރިޕޯޓު ކުރި އެވެ. އޭގެ ތެރޭގައި ޖިންސީ ގޮތުން ކުރެވޭ އަނިޔާ ވެސް ހިމެނެ އެވެ.

އަނިޔާ ލިބުނު މީހުންގެ ތެރެއިން 18 އަހަރުން މަތީގެ މީހުންގެ އަދަދު 150 އަށް އަރާއިރު 18 އަހަރުން ދަށުގެ ކުދިންގެ އަދަދު އުޅެނީ 92 ގަ އެވެ. 

އެ ތަފާސްހިސާބުތަކަށް ބަލާއިރު 18 އަހަރުން ދަށުގެ ކުދިންނަށް އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާ ކުރުމާއި ޖިންސީ އަނިޔާކުރުމުގެ މައްސަލަތަކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް