ads
ލިވަޕޫލުގެ ކޯޗު ކްލޮޕް--
ފަހަތުން އަރާ ވެސްޓްހޭމް ބަލިކޮށް ލިވަޕޫލް އެއްވަނައަށް
ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައަށް ލިވަޕޫލް އަރައިފި އެވެ. އެންފީލްޑްގައި ލިވަޕޫލް މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ވެސްޓް ހޭމްއާއި ލިވަޕޫލު މެޗުގައި ވެސްޓް ހޭމަށް ކުރި ހޯދައިދިނީ މެޗުގެ ކުރީކޮޅު ޕަބްލޯ ފޯނާލްސް އެވެ. އެހެން ނަމަވެސް ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާހް ވަނީ ލިވަޕޫލަށް އެއްވަރުކޮށްދީފަ އެވެ. ލިވަޕޫލް މޮޅުވި ގޯލު ފަހު ހާފުގެ ތެރޭގައި ޖެހީ ޑިއޯގޯ ޔޮޓާ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ވެސްޓް ހޭމް ބަލިކޮށް ހޯދި ތިން ޕޮއިންޓާ އެކު ލިވަޕޫލް އެއްވަނައަށް އެރީ ސޯޅަ ޕޮއިންޓް ހޯދައިގެންނެވެ. އެހެން ނަމަވެސް ލީގުގައި އާދިއްތަ ދުވަހު ކުޅޭ މެޗުތަކުގެ ނަތީޖާއަށް ފަހު ޓޭބަލްއަށް ބަދަލު އައުމުގެ ފުރުސަތު އޮންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް