ads
ކަނޑިންމަ ރިސޯޓް--
ކަނޑިންމައަށް ކޮވިޑް ދިޔައީ ސަޕްލައި ދޯނީގައި މަސައްކަތްކުރާ މީހުންގެ ފަރާތުން!
ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުގައި މަސައްކަތްކުރި ދުވަސްވީ މީހެއްގެ ގައިން ކޮވިޑްގެ އަލާމާތްތައް ފެނިގެން އެއަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވިއިރު އެމީހާއަކީ ރާއްޖެއިން އެބަލީގައި މަރުވި 38 ވަނަ މީހާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކަނޑައަޅާފަ އެވެ. ކަނޑިންމަ ރިސޯޓަށް ކޮވިޑް ދިޔައީ ސަޕްލައި ދޯނީގައި މަސައްކަތް ކުރާ ބަޔެއްގެ ފަރާތުން

މިވަގުތު ކަނޑިމަ ރިސޯޓު މޮނިޓަރިންގެ ހާލަތުގައި އޮތްއިރު އެރަށުން ނެގި 20 ސާމްޕަލެއްގެ ތެރެއިން 17 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފަ އެވެ. ފަތުރުވެރިންނަށް ރިސޯޓު ހުޅުވާލާފައި އޮތްއިރު އެއިން މީހެއްގެ ގައިން ބަލީގެ އަލާމާތެއް ފެނިގެން ރިޕޯޓްކޮށްފައެއް ނުވެ އެވެ. އެެހެންކަމުން، އެރަށަށް ބަލި ދިޔައީ ކިހިނެއްތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. 

ދ. އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު ސީއެންއެމްއަށް މައުލޫމާތު ދެއްވި ގޮތުގައި، މަރުވި މީހާއަކީ އެރަށުން އެ ބަލި އެންމެ ފުރަތަމަ ޖެހުނު މީހާ ކަމަށް ނުބެލެވެ އެވެ. އެރަށުގެ އެންމެ ފުރަތަމަ ކޮވިޑް ޖެހުނީ ރިސޯޓުގައި އޮންނަ ސަޕްލައި ދޯނީގައި މަސައްކަތް ކުރާ ބަޔަކަށް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

ފަހުން ނެގުނު ސާމްޕަލްތަކުން، ސަޕްލައި ދޯނީގައި މަސައްކަތް ކުރި މީހުންގެ ވެސް ސާމްޕަލް ނެގުނުއިރު އޭގެ ތެރެއިން ހަތަރު ވަރަކަށް މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ރިސޯޓުން މަރުވި މީހާ ނިދާ ހަދަނީ ސަޕްލައި ދޯނިން ޕޮޒިޓިވްވި މީހުންނާއި އެއް ކޮޓަރިއެއްގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ ކަނޑިންމައަށް ކޮވިޑް ދިޔައީ ސަޕްލައި ދޯނިން ކަމަށެވެ.

ކަނޑިންމައިން މަރުވެފައި ވަނީ އެއަތޮޅު ރިނބުދޫއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ. މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުން ފަހުން އެެ ބަލީގައި ރިސޯޓު މުވައްޒަފަކު މަރުވި ފުރަތަމަ ފަހަރެވެ. 

އެ ރިސޯޓަށް އަރާއި ފޭބުން މަނާކޮށް މިވަގުތު ރަށުގެ ހާލަތު ބެލުމަށް ދ. އަތޮޅު ހޮސްޕިޓަލުގެ ޓީމެއް ވެސް އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެޗްޕީއޭގެ ޓީމެއް ވެސް އެރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މިއަދު ކަނޑިންމައިން ރެންޑަމް ސާމްޕަލްތަކެއް ނަގަން ވެސް ހަމަޖެހިފައިވެ އެވެ.

ކަނޑިންމަވެފައި މިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން، ކޮވިޑްގެ ކޭސްތަކަކާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެންނަން ޖެހުނު ފުރަތަމަ ރިސޯޓަށެވެ. ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 30،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު މިހާރު ރާއްޖޭގެ 27 ރިސޯޓެއްގައި ކޮވިޑް ޖެހިފައިވާ 35 ފަތުރުވެރިންނާއި 85 މުވައްޒަފަކު އެބަތިއްބެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް