ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު--
މަޖިލީހަށް ބަޖެޓު ހުށަހަޅާނީ އަންނަ ހޯމަ ދުވަހު: ނަޝީދު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ބެޖެޓް ހުށަހަޅުއްވާނީ ނޮވެމްބަރު ނުވަވަނަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް 2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައި ވަނީ އޮކްޓޫބަރު 31 ވަނަ ދުވަހު އެވެ. 

ބަޖެޓާއި ގުޅޭ ގޮތުން މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހުގެ މެމްބަރުންނަށް ބަޖެޓް ހުށަހެޅުއްވުމަށް ގަސްތުކުރަނީ އަންނަ ހޯމަ ދުވަހު ކަމަށެވެ. 

މަޖިލީހުގައި މިހާރު ބަޖެޓް އޮތް ކަމުގައި ވީ ނަމަވެސް މެމްބަރުންނަށް ބަޖެޓް ބެލުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓް ހުށަހެޅުމުން، ބަޖެޓް ބަހުސަށް ދޭންޖެހޭ ނޯޓިސް ދިނުމަށް ފަހު ބަޖެޓް ބަހުސް 16 ނޮވެމްބަރުގައި ފެށޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް ވެސް 15 މިނެޓްގެ ފުރުސަތު ލިބޭނެކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރޭގަނޑާއި އެކު މަސައްކަތްތައް ކުރިއަށް ގެންގޮސް، ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބަޖެޓް މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

އެހެން ނަމަވެސް މަޖިލީހުގެ މި ދައުރު ޑިސެމްބަރު އެއްވަނަ ދުވަހުގެ ނިޔަލަށް ނިމޭއިރު ދައުރު ދަންމާލާ ކަމުގައި ވާނަމަ އެކަން މަޖިލީހުން ފާސްކުރަންޖެހޭނެ އެވެ.

މި އަހަރަށް މަޖިލީހުން ފާސްކުރީ 37.2 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ އާމްދަނީއަށް ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ ފާއިތުވި ދިހަ މަސް ދުވަހުގެ ތެރޭގައި ލިބިފައި ވަނީ 11 ބިލިއަނެއްހާ ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް