ads
އައިމިނަތު ވަހީދާ ޓެކްސީ ކައިރީގައި--
އަންހެން ޑްރައިވަރުގެ ކާރަށް ގެއްލުންދޭ މައްސަލަ މަޖިލީހަށް
މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާގެ ކާރަށް ގެއްލުންދޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ވައްދާފައިވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް އެވެ. 

އާޒިމްގެ މައްސަލައިގައި ބުނެފައިވަނީ ވަހީދާގެ ކާރަށް އެކިއެކި ފަހަރުމަތިން ގެއްލުން ދެމުންދާތީ، އެކަމުގެ ސަބަބުން އައިމިނަތު ވަހީދާއަށް އެކިއެކި ގޮތްގޮތުން ގެއްލުންވެފައިވާކަމަށެވެ. އެހެންކަމުން ޑްރައިވަރު އައިމިނަތު ވަހީދާއަށް ގެއްލުންދޭ ފަރާތްތައް ހޯދާ އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އާޒިމްގެ މައްސަލައިގައި ގޮވާލާފައިވެ އެވެ. 

your imageމެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އޭގެއިތުރުން އަންހެނުން ކުރާ މި ފަދަ މަސައްކަތްތަކަށް ހުރަސްއަޅާ ބަޔަކު ހޯދައި، އެ ބަޔަކަށް ހައްގު އަދަބު ދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލުމަށް މައްސަލައިގައި ގޮވާލާފައިވެ އެވެ.

މައްސަލަ މަޖިލީހަށް ބަލައިގަނެ އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ އާޒިމް ވަނީ ވަރަށް ބޮޑަށް ފުލުހުންނަށް ފާޑުކިޔާފަ އެވެ. އެގޮތުން ފުލުހުންނަށް ކަންކަން އެންމެ ރަނގަޅަށް ނުބެލޭ މައްސަލައާއި ތުހުމަތުކުރެވޭ މީހުން ދޫވާ މައްސަލަވެސް އާޒިމް ފާހަގަކުރެއްވި އެވެ. 

އަދި ވިދާޅުވީ މިފަދަ ކަންކަން ބަލާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން ނުކުޅެދިފައިވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް