ads
މޫސުން ގޯސް ދުވަހެއްގައި ރަށެއްގެ ގޮނޑުދޮށް
މޫސުން ގޯސްވެ ގއ. ދެކުނަށް ވައިޓް އެލާޓް ނެރެފި
ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ގއ. އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓުން ވައިޓް އެލާޓް ނެރެފައި ވަނީ ގއ. އާއި ގދ. އަދި ފުއްވަމުލަކުގެ އިތުރުން އައްޑޫ ސިޓީއަށް މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 15:00 އަށެވެ. އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. 

މެޓުން އިތުރަށް ބުނީ މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ގުގުރުމާއިއެކު ކެރީގެ އަސަރުކުރާނެ ކަމަށާއި އުތުރުގެ އަތޮޅުތަަކަށް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ. 

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަަށް ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަަށް މަޑުވާނެ ކަމަށް ވެސް ބުނެ އެވެ. އަދި ރާޅުގެ އުސްމިން އުޅޭނީ 3 ފޫޓާއި ފަސް ފޫޓާ ދެމެދުގަ ކަމަށް ވެސް ލަފާކުރެ އެވެ. 

ދެކުނުގެ އަތޮޅުތަކުގެ މީހުން މޫސުމަށް ސަމާލުވުމަށް ވެސް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް