ads
ބްރޯޑްކޮމް އިދާރާ-- ފޮޓޯ: ރާއްޖެ އެމްވީ
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު މަގާމުން އިސްތިއުފާ ދެއްވާފައިވާތީ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށް ކަމަށެވެ. 

އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށާއި އަދި އެ އޮފީހުގެ ވެބްސައިޓް އިން ފޯމު ޑައުންލޯޑް ކުރެއްވޭނެ ކަމަށް ވެސް ބުނެ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ޒީނާ މަގާމުން އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުކުރަން ރައްޔިތުންގެ މަޖިލީހުން އެ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނިކޮށެވެ. 

އެކަމަކު އޭގެ ކުރިން ޒީނާ މަގާމުން އިސްތިއުފާ ދެއްވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީ ފޮނުއްވާފައިވާތީ އެކަމަށް ވޯޓަށް އަހާފައެއް ނުވެ އެވެ.

ޒީނާ މަގާމުން ވަކިކުރަން ކޮމިޓީން ނިންމީ ޒީނާ ހާޒިރުކޮށް ބައެއް ކަންކަމާއި ގުޅޭގޮތުން ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވުމަށް ފަހެވެ. އެގޮތުން ޒީނާ ވަކިކުރަން ނިންމާފައިވަނީ މީޑިއާތަކާއިމެދު ތަފާތުކުރުން ގެންގުޅެތީ އާއި ބްރޮޑްކޮމްގެ މެމްބަރުންނަށް މަތި ކޮށްފައިވާ ގާނޫނީ ވާޖިބު އަދާ ނުކުރާކަމަށް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް