ads
މިއަދުގެ ބައްދަލުވުމުގެ ތެރެއިން--
ޝާހިދު އާއި މާރިޔާ، ސަރަހައްދުގެ ސަލާމަތާއި ގުޅޭ މަޝްވަރާތަކެއް ކުރައްވައިފި
ފޮރިން މިނިސްޓަރު އަބްދު ޝާހިދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ބައްދަލުކުރައްވައި، ކައުންޓާ ޓެރަރިޒަމްއާ ސަރަހައްދީ ސަލަމަތާ ގުޅޭ މަޝްވަރާތައް ކުރައްވައިފި އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ކުރިއަށް ގެންދިޔަ އެ ބައްދަލުކުރެއްވުމުގައި ދެ ވަޒީރުން ވަނީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސަލާމަތާ ބެހޭ ކަންކަމާއި، ކައުންޓަރ-ޓެރަރިޒަމާ ގުޅޭ މައްސަލަތަކުގައި މަޝްވަރާކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.   

އެ ބައްދަލުވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލަމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިވެހިރާއްޖެއިން އަދާކުރާ މުހިއްމު ދައުރުގެ ސަބަބުން ހާރިޖީ އަދި ދިފާއީ ދާއިރާ ގުޅިގެން މަސައްކަތްކުރުން މުހިއްމު ކަމަށެވެ. 

your imageފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން-- 

އެ ބައްދަލުވުމުގައި މިނިސްޓާ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަހުމަދު ހަލީލު އާއި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ބައިވެރިވެވަޑައިގަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް