ads
އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިމުން ފާހަގަ ކުރުމުގެ ތެރެއިން--
އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފި
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން އެ ޕާޓީއާ މިއަދު ހަވާލުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން އެ ޕާޓީއާ މިއަދު ހަވާލުކޮށްފި އެވެ.

އެކަން ހާމަކޮށް އެ ޕާޓީގެ އިންތިގާލީ ރައީސް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ އީސީން ރަސްމީކޮށް އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

ޕާޓީގެ ހުރިހާ މެމްބަރުންނަށް މަރުހަބާ ދަންނަވާ މައުމޫން ވަނީ އެ ޕާޓީގެ ފައުންޑާ މެމްބަރު ޔުމްނާ މައުމޫނަށާއި ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމަށް ވަރަށް ޚާއްސަ ޝުކުރެއް ވެސް ދަންނަވާފަ އެވެ.

އެމްއާރުއެމް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރީ 20 ނޮވެންބަރ 2019 ވަނަ ދުވަހުގަ އެވެ. އެމްއާރުއެމް އުފެއްދީ މި ނޮވެންބަރު މަހުގެ 08 ވަނަ ދުވަހުގެ ރެއެވެ.

މަޢުމޫން އުފެއްދެވި ތިންވަނަ ސިޔާސީ ޕާޓީއާއެކު އަނެއްކާ ވެސް މަޢުމޫނުގެ ސިޔާސީ ހަރަކާތްތައް އިތުރުވެގެން ދާނެ ކަމުގައި ގިނަ ބަޔަކު ޤަބޫލުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް