ads
ދިވެހި މަސްވެރިކަން--
ރާއްޖެއިން ލަންކާއަށް އެކްސްޕޯޓުކުރާ ކަނޑުމަހުން ނަގާ ޓެކްސް ރޭޓު ބޮޑުކޮށްފި
ލަންކާގެ އާ ޓެކުހުގެ ރޭޓުތަކާއި އެކު ރާއްޖެއިން ލަންކާއަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެކުހުގެ ރޭޓު ބޮޑުކޮށްފި އެވެ.

އެގައުމުގައި އަލަށް އަމަލުކުރަން ފަށާފައިވާ މަހުގެ ބާވަތްތަކުން ނަގާ އާ ޓެކުހުގެ ރޭޓުތަކާއި އެކުއެކު ރާއްޖެއިން ލަންކާއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެކްސްގެ ގޮތުގައި ކިލޯއަކަށް 62.49 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.

އަދި އެހެން ގައުމުތަކުން ލަންކާއަށް އެތެރެކުރާ ގަނޑުކުރި މަހުގެ ކިލޯއަކަށް ނަގާ ޓެކްސް ރޭޓް 41.39 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު ހިކި މަސް ކިލޯއަކަށް ނަގާ ޓެކްސް ރޭޓްގެ އަދަދުވެސް ވަނީ 26.28 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ރާއްޖެއިން ލަންކާއަށް އާއްމުކޮށް އެކްސްޕޯޓުކުރަމުންދަނީ ވަޅޯމަހެވެ. އެގޮތުން މިދިޔަ އަހަރުތެރޭގައިވެސް ރާއްޖެއިން ލަންކާއަށް 5000 ޓަނުގެ ވަޅޯމަސް އެކްސްޕޯޓްކޮށްފައިވާކަމަށް ފިޝަރީސް މިިނިސްޓްރީން ބުނެއެވެ.

ލަންކާގެ އާ ޓެކުހުގެ ރޭޓުތަކާއި އެކު ރާއްޖެއިން ލަންކާއަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެކުހުގެ ރޭޓު ބޮޑުކޮށްފައިވާއިރު މިފަހުންވަނީ ބޮޑު ކަންނެލި ގަންނަ އަގު ކުއްލިއަކަށް ތިރިކުރުމާއެކު، މަސްވެރިކަން ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައެެވެ.

ބޮޑު ކަންނެލީގެ ވިޔަފާރި ކުރާ ބައެއް ކުންފުނިތަކުން ބުނާގޮތުގައި އަގަށް ބަދަލު ގެނެސްފައި ވަނީ ރާއްޖެއިން ބޭރުގެ މާކެޓުތަކުގައި މަސް ގަންނަ އަގު ދަށްވުމުގެ އިތުރުން މަސް ބޭރުކުރުމަށް ދާ ހަރަދު ބޮޑުވުމުގެ ސަބަބުންނެވެ.

މީގެ އިތުރުން، ފްލައިޓްތަކުގެ އެވެއިލެބިލިޓީ ދަށްވުމުގެ ސަބަބުން މަސް ބޭރުކުރަން ދަތިވާ ކަމަށް ވެސް އެ ކުންފުނިތަކުން ވަނީ މައުލޫމާތު ދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް