ads
ކަޑިންމަ މޯލްޑިވްސް--
ކަނޑިންމަ ރިސޯޓުން އިތުރު 27 މީހަކު ޕޮޒިޓިވް ވެއްޖެ
ކަނޑިންމަ ރިސޯޓުން އިތުރު 24 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭއިން ބުނީ މިހާތަަނަށް އެ ރިސޯޓުން 176 ސާމްޕަލް ނެގިފައިވާއިރު މިއަދު އިތުރު 24 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ސާމްޕަލްތަކުން 126 މީހުން ވަނީ ނެގެޓިވް ވެފައެވެ.

މިހާރު އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދަު 46 އަކަށް ވަނީ އަރާފައެވެ. އެ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ 60 އަހަރުގެ މުވައްޒަފަކު މަރުވެފައިވާއިރު ރިސޯޓް މިހާރު އޮތީ މޮނިޓަރިންގައެވެ. އަދި އެޗްޕީއޭއިން ދަނީ އެކަމާއިގުޅިގެން ކޮންޓެކްޓް ޓްރޭސިންނާއި ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެރިސޯޓްގައި ތިބި ޕޮޒިޓިވް މީހުންގެ ތެރެއިން ހައިރިސްކް މީހުން ފެސިލިޓީ އަކަށް ގެންދިއުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް މީގެ ކުރިން އެޗްއީއޯސީން މައުލޫމާތުދީފައިވެ އެވެ.  

މިވަގުތުވެސް ކަޑިންމަ ރިސޯޓްގައި ފަތުރުވެރިން ތިބިއިރު އެ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ތިބި ފަތުރުވެރިންނަށް ފުރައިގެންދެވޭނީ ކޮންޓެކްޓަކަށް ނުވާނަމަ ޕީސީއާރް ޓެސްޓް ހެދުމަށްފަހު ނެގެޓިވް ވުމުން ކަމަށްވެސް އެޗްއީއޯސީން މައުލޫމާތުދެ އެވެ. ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރިސޯޓްތަކުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 140 އަށް އަރާފައެވެ. އޭގެ ތެރޭގައި ގިނައީ ރިސޯޓްތަކުަގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް