ads
ސެމްސަންގް ގެލެކްސީ އެސް 21 އޮންނާނެ ގޮތް ލަފާކޮށްފައިވާ ފޮޓޯ އެއް
ސެމްސަންގް އިން ފޯން ހެދުމުގައި އަވަދިނެތި
ސެމްސަންގުން އަންނަ އަހަރު ނެރެން ނިންމާފައިވާ އެ ކުންފުނީގެ ގެލެކްސީ އެސް 21 މަރުކާގެ ފޯނުތައް ހަދަން ފަށައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސެމްސަންގުން ވަނީ އެ ކުންފުނީގެ ގެލެކްސީ އެސް 21 މަރުކާގެ ފޯނުތައް ހަދަން ފަށާފައިވާ ކަމަށާއި، އެގޮތުން ފޯން ހެދުމަށް ބޭނުންވާ މުހިއްމު ބައިތައް އަންނަ ހަފްތާގައި ސެމްސަންގްގެ ވިއެޓްނާމާއި ދެކުނު ކޮރެއާގެ ފެކްޓަރީތަކަށް ލިބޭނެ ކަމަށް ބޭރުގެ ބައެއް މީޑިއާ ތަކުން ވަނީ ބުނެފައެވެ.

މި ހަފްތާގައި ސެމްސަންގް ގެލެކްސީ އެސް 21 ގެ ފޯންތައް ހަދަން ފަށާފައިވާ އިރު، ފާއިތުވެދިޔަ ހަފްތާގައި ގެލެކްސީ އެސް 21 ގެ އަގުބޮޑު އަލްޓްރާ ފޯނު އުފައްދަން ފަށާފައިވެއެވެ.

ސެމްސަންގް ގެލެކްސީ އެސް 21 ގެ އާދައިގެ މޮޑެލްގައި 6.2 އިންޗީގެ ސްކްރީނެއް އިންނާނެ ކަމަށް ލަފާކުރެވޭއިރު، އަލްޓްރާ މޮޑެލްގައި 6.7 ނުވަތަ 6.9 އިންޗީގެ ސްކްރީނެއް އަޅުވާފައި އިންނާނެ ކަމަށް ލަފާކުރެވެ އެވެ.

އަންނަ އަހަރު ޖެނުއަރީގައި ދައްކާލާނެ ކަމަށް ލަފާކުރެވޭ ގެލެކްސީ އެސް 21 ގެ ފޯނުތަކާއި އެކު ޗާޖިން އެޑެޕްޓަރެއް ނުހިމެނޭނެ ކަމުގެ އަޑު ފެތުރިފައިވާ އިރު، ދާދިފަހުން އެޕަލް ކުންފުނިން ނެރުނު އައިފޯން 12 މަރުކާގެ ފޯނުތަކާއި އެކު ޗާޖިން އެޑެޕްޓަރެއް ހިމަނާފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް