ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް--
ޝަހީދު ހުސައިން އާދަމްގެ ލޮބުވެތި ބައްޕާފުޅަށް ރައީސް ފޯނުން ގުޅުވާ ޝުކުރުއަދާކުރައްވައިފި
ޝަހީދު ހުސައިން އާދަމްގެ ލޮބުވެތި ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުހައްމަދަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، މިއަދު ފޯނުން ގުޅުއްވައި، ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ހުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ގުރްބާނީގެ އަގު ވަޒަން ކުރައްވައި ޝުކުރުއަދާކުރައްވައިފި އެވެ.

ރައީސް ފޯނުން ގުޅުއްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި ފުރާނަ ގުރްބާން ކުރައްވައި، ޝަހީދު ހުސައިން އާދަމް ކުރެއްވި މަތިވެރި ޖިހާދަކީ، ރާއްޖޭގެ ތާރީހުން ދުވަހަކުވެސް ފަނޑުވެގެންދާނެ ޖިހާދެއް ނޫންކަމަށެވެ

އަދި ޝަހީދު ހުސައިން އާދަމަށްޓަކައި މުޅި ދިވެހި ގައުމު ފަހުރުވެރިވާ ކަމަށާއި ހުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ގުރްބާނީގެ އަގުވަޒަންކޮށް ޝުކުރުއަދާކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް އަތްގަދަަ ކުރުމަށް ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުތްފީ ލީޑަރެއްގެ ގޮތުގައި ހުރެގެން 80 އެއްހާ އަދުއްވުންނާއިއެކު މާލެ އެރީ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މާލެ އަރާ އެމީހުންގެ އެންމެ ފުރަތަމަ އަމާޒަކަށް ވީ ބަންޑާރަކޮށީގެ ބޮޑުދޮރާއަށިއެވެ. އޭރު ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ހުސައިން އާދަމް އާއި ޝަހީދު މުހައްމަދު ހަސަން ހުންނެވީ ބޮޑުދޮރާއަށީގެ ޑިއުޓީގައެވެ. 

އެ ހާއިނުންގެ ހަތްދޮށުަގައި ރާއްޖެ 18 ގަނޑިއިރު އޮތުމަށްފަހު ދިވެހިންނަށް ނަސްރު ލިބިފައިވަނީ ޝަހީދު ހުސެއިން އާދަމް ހިތްވަރުގަދަކަމާއި އަދި ޖެހިލުން ކުޑަކަމާއިއެކު ހާއިނުންނާއި ކުރިމަތިލާ އުއްޑަތައް ހަށިގަނޑުގެ އެތައް މިތަނަށް އަރަމުންދިޔައިރުވެސް އެ ދޮރާއަށިން ހާއިނުނަށް ވަދެވުނަ ނުދޭންވެގެން ހިތްވަރާއިއެކު ފުރާނަ ހަށިގަނޑާއި ވަކިވެދަންދެންވެސް ގައުމަށް ޓަކައި ކުރި ބޮޑު ޖިހާދުގެ ސަބަބުންނެވެ. ހާއިނުންގެ އުއްޑަތަކުން ޝަހީދުކޮށްލި ހުސެއިން އާދަމްގެ އުމުރުން އޭރު އެންމެ 19 އަހަރެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް