ads
އަރްނާބް ގޯސްވާމީ--- ރިޕަބްލިކް ޓީވީގެ އެޑިޓާ-އިން-ޗީފް
އިންޑިއާގެ މަޝްހޫރު ނޫސްވެރިޔަކު އަނިޔާވެރި ގޮތަކަށް ހައްޔަރުކޮށްފި
2018 ވަނަ އަހަރު ހިނގި އަމިއްލައަށް މަރުވުމުގެ ހާދިސާއަކާއި ގުޅިގެން އިންޑިއާގެ މަޝްހޫރު ނޫސްވެރިއަކު ހައްޔަރުކޮށްފި އެވެ.

މަހާރަޝްތްރާ ސްޓޭޓްގެ ފުލުހުން ވަނީ ރިޕަބްލިކް ޓީވީގެ އެޑިޓާ-އިން-ޗީފް އަރްނާބް ގޯސްވާމީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ގޯސްވާމީގެ އިތުރުން އިތުރު ދެ މީހަކު ވެސް ހައްޔަރުކޮށްފައި ވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގޯސްވާމީ ގެންގޮސްފައި ވަނީ 2018 ވަނަ އަހަރު ހިނގި އަމިއްލަ އަށް މަރުވުމުގެ ހާދިސާ ތަހުގީގުކުރުމަށް އަލުން ހުޅުވާލުމާއި ގުޅިގެން ކަމަށް ފުލުހުންގެ އިސް އޮފިޝަލަކު ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގޯސްވާމީ ގެންދަން ކުރި މަސައްކަތުގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ބުނެ، ރިޕަބްލިކް ޗެނަލް އިން ވަނީ ފުލުހުންގެ އެ އަމަލު ކުށްވެރިކޮށްފަ އެވެ. އެގޮތުން ގޯސްވާމީ ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު އޭނާގެ އިސްތަށިގަނޑުގައި ހިފައިގެން ގެންދިޔަ ކަމަށް ރިޕަބްލިކް ޗެނަލް އިން ވަނީ ބުނެފަ އެވެ.

އިންޑިއާގެ އެޑިޓަރުންގެ ޖަމިއްޔާއަކުން ފުލުހުންގެ މި އަމަލު ކުށްވެރިކޮށް ނެރުނު ބަޔާނުގައި އެ ޖަމިއްޔާ އިން ވަނީ ގޯސްވާމީ އާއި މެދު އިންސާފުން ކަންތައްތައް ކުރުމަށާއި، މީޑިއާ އާއި ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށް މަހާރަޝްތްރާގެ މިނިސްޓަރަށް ގޮވާލައިފަ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް