ads
ފެނާއި ނަރުދަމާގެ އެކްޝަން ޕްލޭން އިފްތިތާހުކުރުން-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
ފެނާއި ނަރުދަމާގެ އެކްޝަން ޕްލޭން އިފްތިތާހުކޮށްފި
ރާއްޖޭގެ ފެނާއި ނަރުދަމާގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ގައުމީ ސްޓްރެޓީޖިކް އެކްޝަން ޕްލޭން މިއަދު އިފްތިތާހުކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްުޔާތެއްގައި ގައުމީ ފެނާއި ނަރުދަމާގެ ޕްލޭން އިފްތިތާހުކޮށްދެއްވީ މިނިސްޓަރު ޑރ. ހުސައިން ރަޝީދެވެ. 

އެ ޕްލޭނަކީ ފެނާއި ނަރުދަމާގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ރާއްޖޭގެ ފެނާއި ނަރުދަމާގެ ދާއިރާ، ތަރައްގީކޮށް ކުރިއަރުވާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެކުލަވާލި ޕްލޭނެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. 

your imageއެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު-- ފޮޓޯ: މިނިސްޓްރީ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހުސެއިން ވިދާޅުވީ ސުނާމީ ކާރިސާއަށް ފަހު ރާއްޖެއަށް ވަރަށް ބޮޑަށް ފެނުގެ މައްސަލަ ކުރިމަތިވެގެންދިޔަ ކަމަށާއި އެގޮތުން ރަށްރަށުގެ ފެން ލޮނުވެ ތަގައްޔަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ އޭގެ ފަހުން ރާއްޖޭގައި ފެނާއި ނަރުދަމާގެ ކަންކަން ވަކި ގޮތަކަށް އިންތިޒާމު ކުރެވިގެންދިޔުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން، ހުރިހާކަމަކަށް ބޭނުންވާ ފެން، ހެޔޮއަގުގައި ދެމެހެއްޓެނިވި ގޮތުގައި ލިބުމަކީ ނަސީބެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ އަމާޒަށް ވާސިލުވުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު ސިޔާސަތަކަށްވީ 2023 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މީހުން އުޅޭ 189 ރަށުގެ ތެރެއިން 42 ރަށުގައި ފެނުގެ ނިޒާމު ގާއިމުކޮށްފައިވާއިރު 69 ރަށަށް ނަރުދަމާގެ ހިދުމަތްދެމުން އަންނަ ކަމަށެވެ. އަދި ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ދަށުން 40 ރަށުގައި ފެނުގެ ހިދުމަތް ގާއިމުކުރަމުން އަންނަ ކަމަށެވެ. އަދި 53 ރަށެއްގައި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުންދާކަން ފާހަގަކުރެއްވި އެވެ. 

ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ވެސް ފެނާއި ނަރުދަމާގެ މަސައްކަތް ކުރެވެމުންދާއިރު މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މަސައްކަތްތަކަށް ބުރޫއެރި ނަމަވެސް އެ މަސައްކަތް ނިންމުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. 

މިއަދު އިފްތިތާހުކުރެވިގެންދިޔަ އެ ޕްލޭނުގެ ދަށުން ތިމާވެއްޓާއި ރައްޓެހި އަގުހެޔޮ ނިޒާމުތަކެއް އުފަންކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. މައިގަނޑު ހަ ސިޔާސަތެއްގެ މައްޗަށް ބަލާފައިވާ އެ ޕްލޭނުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވޭނެ އެވެ. އަދި ނަރުދަމާ ހިދުމަތް ފޯރުކޮށްދޭ އެންމެނަކީ އެކަމުގެ ލައިސެންސް ތިބި ބަޔަކަށް ވުމާއި އެކަމާއި ގުޅިގެން އާންމުން ހޭލުންތެރިކުރުން ވެސް ހިމެނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް